March 14, 2026
Advertisement
ރެނާޓަސް އިރުމަތީ އެޕާޓްމަންޓުތައް ވިއްކަން ހުޅުވާލުން
ރެނާޓަސް އިރުމަތީ އެޕާޓްމަންޓުތައް ވިއްކަން ހުޅުވާލުން / ތޭރަ އޮންލައިން

ހިތް ފަސޭހަ ހިސާބަކުން، ރެޏާޓަސްގެ ހިތްގައިމު އެޕާޓްމަންޓްތައް ވިއްކަން ހުޅުވާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 21, 2025, 10:11 PM
މާލެ ސިޓީ

ރިއަލް އެސްޓޭޓް ޑިވެލޮޕަރުންގެ ގޮތުގައި ނަން މަޝްހޫރު، އިންޑިއާގެ ރެނާޓަސް ގްރޫޕުން އަލަށް ގާއިމު ކުރާ "ރެނާޓަސް އިރުމަތި" އެޕާޓްމަންޓުތައް ވިއްކަން ހުޅުވާލައިފިއެވެ.

Advertisement

މިކަން އިއުލާން ކޮށްފައިވަނީ އެކަމަށް ޚާއްސަކޮށް ބުދަ ދުވަހު ރެނާޓަސް ގްރޫޕުން ހޮޓެލް ޖެންގައި ބޭއްވި ރޯދަ ވީއްލުމެއްގައި ރެނާޓާސްގެ މެނޭޖިން ޑިރެކްޓަރުއެވެ. އެ ހަފްލާގައި، މިހާރު އެ ކުންފުނިން ކުރިއަށް ގެންދާ "ރެނާޓަސް އިރުމަތި" އަދި "ރެނާޓަސް ޖަވާހިރު"ގެ އެޕާޓުމަންޓުތައް ފަރުމާ ކުރެއްވިފައިވާ ގޮތާ މަންޒަރުތައް ދައްކާލާފައިވެއެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން ރެނާޓާސްގެ އެމްޑީ ވިދާޅުވީ، ރެނާޓަސް ޖަވާހިރުގެ މަސައްކަތް މިހާރު 40 އިންސައްތަ ނިމިފައިވާއިރު، ރެނާޓަސް އިރުމަތި 20 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ސޭލްއަށް ނުވަތަ ވިއްކަން ހުޅުވާލި "ރެނާޓަސް އިރުމަތި"ގެ އެޕާޓްމަންޓުތައް މި އަންނަ އަހަރުގެ ޑިސެމްބަރަށް ނިމި ވަދެވޭވަރު ވާނެ ކަމަށް ވެސް އެމްޑީ ވަނީ ވިދާޅުވެފައެވެ.

ރެނާޓަސްގެ އެމްޑީ ހަފްލާގައި ވާހަކަ ދައްކަވަނީ
ރެނާޓަސްގެ އެމްޑީ ހަފްލާގައި ވާހަކަ ދައްކަވަނީ

ރެނާޓަސް އިރުމަތީގައި ވެސް ތިން ކެޓަގަރީއެއްގެ އެޕާޓްމަންޓައް ހުންނައިރު އޭގެ ތެރޭގައި "ސިންގަލް ލެވެލް ޓައިޕް"، ޑުޕްލެކްސް ލެވެލް ޓައިޕް" އަދި "ޕެންޓް ހައުސް ޓައިޕު" ހިމެނެއެވެ. ތިން ކެޓަގަރީއަކަށް ފަރުމާކޮށްފައިވާ މި އެޕާޓްމަންޓުތަކުގެ ފެށޭ އަގަކީ 4 ބިލިއަން ކަމަށް ރެނާޓަސް އިން ހާމަކޮށްފައިވެއެވެ.

ކޮންމެ އެޕާޓްމަންޓަކީ ވެސް ޖާގަ ބޮޑު އަދި ހިތް ފަސޭހަކޮށް ފަރުމާކޮށްފައިވާ އެޕާޓްމަންޓަށްވާއިރު މި އެޕާޓްމަންތަކަކީ ބޮޑެތި އާއިލާތަކަށްވެސް ދިރިއުޅެވޭނެހެން ފަރުމާކޮށްފައިވާ އެޕާޓްމަންޓްތަކެކެވެ.

ރެނާޓަސް އިރުމަތި ވިއްކުމަށް މިހާރު ހުޅުވާލާފައިވާއިރު، މިއީ ހުޅުމާލޭގައި އެންމެ ޑިމާންޑް ބޮޑު އެއް ތަރައްޤީއަށް އިންވެސްޓް ކުރުމުގެ ފުރުޞަތުވެސްމެއެވެ. ރެނާޓަސް އިރުމަތީގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މިއީ ރާއްޖޭގެ އެންމެ ފުރަތަމަ ރެޒިޑެންޝަލް ބިލްޑިންގް ގައި ހުރިހާ އެޕާޓްމަންޓަކަށް ހާއްސަ ޕާކިން ސްލޮޓްތައް ހުންނާނެ އިމާރާތަކަށްވުމެވެ. އަދި މި އިމާރާތް ހުންނާނީ އޯޝަން ވިއު ވެސް ފެންނާނެ ހެން ހުޅުމާލެ ފޭސް އެކަކުން ފޭސް ދޭކަށް އަރަން ދާ މަގުމަތީގައެވެ.

ރެނާޓަސް އަކީ ލަގްޒަރީ އަދި ދެމެހެއްޓެނިވި ރިއަލް އެސްޓޭޓްގެ ދާއިރާގައި ލީޑިން ނަމެކެވެ. ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ސްކައިލައިނަށް ޒަމާނީ ރީތިކަމާއި، ފަންނުވެރިކަން ދައްކުވައިދޭ ތަފާތު ކުރިއެރުންތަކާއެކު، އެ ކުންފުނިން ވަނީ އިމާރާތްތައް ބިނާކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved