April 25, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ވީއައިއޭގެ އިންސްޓްރުމެންޓް ލޭންޑިންގ ސިސްޓަމް ފެއިލްވެފައި ހުންނަތާ 2 މަސްވުމުން އެ ކަމާއި ގުޅިގެން ރައީސް ޔާމީން ކަންބޮޑުވުން ފާޅު ކުރައްވައިފި

Hussain Nawaf
ހުސައިން ނަވާފް
Mar 23, 2025, 05:44 AM

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވީއައިއޭގެ އިންސްޓްރުމެންޓް ލޭންޑިންގ ސިސްޓަމް އައި އެލް އެސް ފެއިލްވެފައި ހުންނަތާ 2 މަސްވުމުން އެ ކަމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވާފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވީއައިއޭގައި ގިނަ މައްސަލަތަކެއް ހުރި ނަމަވެސް އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ވީއައިއޭގެ އިންސްޓްރުމެންޓް ލޭންޑިންގ ސިސްޓަމް ފެއިލްވެފައި ހުރުންކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

އެގޮތުން އައި އެލް އެސް ހުރީ 2 މަސް ވީ އިރުވެސް ފެއިލްވެފައި ކަމާއި އެއަށް ހައްލެއް ނުލިބޭކަމަށް ވިދާޅުވެ ރައީސް ޔާމީން ކަންބޮޑުވުުން ފާޅު ކޮށްފައެވެ.

އައި އެލް އެސް ފެއިލް ވެފައި ހުންނަތާ 2 މަސް ވެއްޖެ. އަދި ނޫޅޭ އެ ރިޕެއާ ކުރާކަށް. އެއީ ވަރަށް ނުރައްކާތެރި ކަމެއް. ވަރަށް ގިނަ ފްލައިޓްތައް މިހާރު ޖައްސަނީ ގޯސް މޫސުމުގައި އުޅެފައި.

ރައީސް ޔާމީން

ސަރުކާރުން ބޭކާރު މަސައްކަތްތައް ކުރުމުގެ ބަދަލުގައި ގައުމުގައި ހުރި މިފަދަ މައްސަލަތައް ހައްލު ކުރުމަށް ރައީސް ޔާމިންވަނީ ސަރުކާރަށް ގޮވާލާފައެވެ.

އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް އަކީ ރޭގަނޑު ނުވަތަ މޫސުން ގޯސް ވަގުތުތަކުގައި ރަންވޭއަކާ ކައިރިވުމަށް މަތިންދާބޯޓުތަކަށް ކުރު ދުރުމިނުގެ އިރުޝާދު ދޭ ޕްރެސިޝަން ރޭޑިއޯ ނެވިގޭޝަން ސިސްޓަމެކެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved