March 10, 2026
Advertisement
ޑރ. ޖަމީލު
ޑރ. ޖަމީލު / ތޭރަ އޮންލައިން

ގާނޫނު ތަންފީޒު ކުރާނީ ވަކި މީހަކަށް ބެލުމަށްފަހު ސިލެކްޓިވްކޮށެއް ނޫން: ޑރ ޖަމީލް

Hussain Nawaf
ހުސައިން ނަވާފް
Mar 23, 2025, 04:53 AM

ގާނޫނު ތަންފީޒު ކުރާނީ ވަކި މީހަކަށް ބެލުމަށްފަހު ސިލެކްޓިވްކޮށް ނޫންކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިފވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހައްޔަރު ކުރަންޖެހޭ ޙާލަތުގައި ކޮންމެ މީހަކުވެސް ހައްޔަރު ކުރެވިދާނެކަމަށް ޑރ ޖަމީލްގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގައި ޑަބަލް ސްޓޭންޑާޑްސް ގެންގުޅުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގައިވާ ހަމަހަމަ ކަމާ، ތަފާތު ނުކުރުމުގެ ޙައްގާއި ޚިލާފު އަމަލެއްގެ ގޮތުގައި ޑރ ޖަމީލް ސިފަ ކުރެއްވިއެވެ.

ކޮރަޕްޝަނާާއި ގުޅުން ހުރި މައްސަލައެއްގައި ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ޝައްމާން ވަހީދު ހައްޔަރު ކުރި އިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދުގެ މައްސަލަތަކުގައި ފިޔަވަޅެއް ނޭޅި ސަބަބާއި މެދު ޑރ ޖަމީލްވަނީ ސުވާލު އުފައްދަވާފައެވެ.

އެގޮތުން އެ އުޅެނީ އެހެން ކަމެއް ކަމާއި ގާނޫނޫ ތަންފީޒު ކުރަނީ ސިލެކްޓިވްކޮށް ނޫންކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved