March 10, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރައީސް މުއިއްޒު ފެއިލްވާ މަންޒަރު: ޑރ ޖަމީލް

Hussain Nawaf
ހުސައިން ނަވާފް
Mar 23, 2025, 07:26 PM

ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ފެއިލްވާ މަންޒަރުކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމިލް މިފަދައިން ވިދާލުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް މުއިއްޒު ޓެކްސްތައް ބޮޑު ކުރުމަށް ފަހު އިތުރަށް ފައިސާ ނަގަމުން ދާކަން ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އެގޮތުން އަސާސީ ބޭސްތައް ދިހަ ބާރަ ފިހާރަޔަށް ދާއިރުވެސް ނުލިބޭކަމަށް ވިދާޅުވެ ޑރ ޖަމީލްވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ނަމަވެސް ދައުލަތުގައި މިސައިލާއި ޑްރޯން ގަތުމަށް ފައިސާ ހުރިކަމަށް ވިދާޅުވެ އެމަނިކުފާނުވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ.

އެގޮތުން ރައީސް މުއިއްޒު ފެއިލްވެ ނިމިއްޖެކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު ވިޓަމިން ޑީ ބޭސް ޖަސްޑީ އާއި މައިގްރޭންތަކަށް ބޭނުން ކުރާ ސުމަޓްރިޕްޓާންގެ އިތުރުން ގިނަ ބޭސްތައް ރާއްޖެއިން މިވަގުތު ހޯދަން ވަރަށް އުނދަގުލެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved