March 11, 2026
Advertisement
ހެންވޭރު ހުޅަނގު ދާއިރާއަށް ރައީސް ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ ނާއިފް ޝައުކަތް
ހެންވޭރު ހުޅަނގު ދާއިރާއަށް ރައީސް ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ ނާއިފް ޝައުކަތް

ޕީއެންއެފް އަކީ ސަރުކާރާ ތަޅާފޮޅަން ނިކުންނާނެ ބައެއް ނޫން: ނާއިފް

Fathmath Reem
ފާތުމަތު ރީމް
Jan 9, 2024, 05:26 PM

ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭނަޝަނަލް ފްރޮންޓް، ޕީއެންއެފް އަކީ ސަރުކާރާ ދެކޮޅަށް ނިކުންނާނެ ބައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ރައީސް ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ ނާއިފް ޝައުކަތް ވިދާޅުވެއްޖެއެވެ.

ނާއިފު ވިދާޅުވީ ޕީއެންއެފް އަކީ ސަރުކާރާ ދެކޮޅަށް ސަރުކާރާ ތަޅާފޮޅަން ނިކުންނާނެ ބައެއް ނޫން ކަމަށާއި ޕީއެންއެފް އަކީ މި ގައުމުގެ ރައްޔިތުންނަށްޓަކައި މި ގައުމަށްޓަކައި ނިކުމެ ސަރުކާރުން ގޯސް އަމަލެއް ކުރާނަމަ އޭގައި އަޑު ހަރުކޮށް ބަސް ބުނާނެ ރައްޔިތުންކަމަށެވެ.

Advertisement

އަޅުގަނޑުމެން ޕީއެންއެފް އަކީ ސަރުކާރާ ތަޅާފޮޅަން ނިކުންނާނެ ބައެއް ނޫން އަޅުގަނޑުމެން ޕީއެންއެފައަކީ މި ގައުމުގެ ރައްޔިތުންނަށްޓަކައި، މި ގައުމަށްޓަކައި ސަރުކާރުން ގޯހެއް ކޮށްފިއްޔާ އޭގައި އަނޑު ހަރުކޮށް ބަސް ބުނާނެ ރައްޔިތުން، ބަސް ބުނާނެ ޕާޓީ

ނާއިފް ޝައުކަތް

ނާއިފް ވިދާޅުވީ ދިވެހިންނަށް ލިބިފައި އޮތް އެންމެ ބޮޑު ނަސީބަކީ ބިނާކުރުވަނިވި ފިކުރު ހަލާކުވިޔަ ނުދީ ހިފެހެއްޓުން ކަމަށެވެ.

ޑރ މުއިއްޒު ފުއްދުމަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދަވާ ނުދެއްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނާއިފް ވަނީ ރައީސް ޑރ މުއިއްޒުއާ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ.

އެގޮތުން ކެމްޕޭނު ދުވަސްތަކުގައި ޑރ މުއިއްޒު ވަނީ އެބޭފުޅާއަށް ބޭ އިންސާފަށް އަމަލު ނުކުރައްވާނެ ކަމަށް ވިދާލުވެފައެވެ. އެހެންނަމަވެސް ރައީސް ޔާމީން އާ މެދު އަމަލުތައް އެ ބަހައްޓަވަނީ ވަރަށް ބޭ އިންސާފުވެރިކޮށް ކަމަށް ނާއިފު ވަނީ ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved