April 4, 2026
Advertisement
ވައުދުވުން ހުއްޓާލާ! ނުފުއްދުނެއްނު!
ވައުދުވުން ހުއްޓާލާ! ނުފުއްދުނެއްނު! / ތޭރަ އޮންލައިން

ވައުދުވުން ހުއްޓާލާ! ނުފުއްދުނެއްނު!

Aishath Naja
އައިޝަތު ނަޖާ
Feb 15, 2024, 12:01 AM
މާލެ ސިޓީ

ތުންތުންމަތިން ކިޔާތީ އަޑުއިވެއެވެ. "ރައީސް މުއިއްޒެވެ. ވައުދުވުން ދެން ހުއްޓާލާށޭ" ހާދަހާ ހިނި އާދެއެވެ. ރައްޔިތުންނަށް އޮޅުވާލި ވެރިޔާ އަދިވެސް ހަމަ ދޮގުމައްޗައް ދޮގުތަކެއް ހައްދަވަމުން ގެންދަވާ މަންޒަރު ފެނެއެވެ.

Advertisement

އަދިވެސް ދޯނީގެ މިސްރާބް މިހުރީ އޮޅުވާލުމަށެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ކޮން މޮޅެއް ވާނެކަމަށްބާއެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު، އަދި ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހުސްގޮނޑި ބަހައްޓަވައިން ކެމްޕެއިނަށް ދިޔަހާ ރަށެއްގައި ވިދާޅުވީ އެމަނިކުފާނު މިނިވަންކުރައްވާނެކަމަށެވެ. އެބަ އެނގޭ އެ ވައުދަކީ ބޮޑު ވައުދެއްކަން، ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ މި ވައުދު މި ވެރިޔާ ހެދީ ކުޅޭ ކުޅޭ އެއްޗަކަށެވެ. ރައްޔިތުންނަށް ހުވަފެންތަކެއް ދެއްކީ ކާކު ބުނެގެންހެއްޔެވެ؟

އެ ވައުދު ފުއްދަން ހިތައްވެސް އަރުވާނުލާކަން ކަށަވަރެވެ. އެ ވައުދު ފުއްދަން ހިފާލި ނަމަ، މިއަދު ކޯޓުތަކުން ރައީސް ޔާމީންގެ މައްސަލަ އަވަހަށް ތާވަލްކޮށްގެން ކުރިޔަށް ގެންދާނެކަން ޔަގީނެވެ.

ޕީއެޗްޑީއެއް އޮތަސް އަދި ނިމުނީކީ ނޫނެވެ. ތިމާ މީހާއަށް ބުނެވޭ ބަހުގައި ނުހިފެހެއްޓޭ ކަމުގައިވާނަމަ ތި ހޯދެއްވި އިލްމުގެ އެއްވެސް ބޭނުމެއް މިއަދު ނެތެވެ. އަގެެއް ވެެސް ނެތީތާއެވެ. ކޮންމެ ޕޯޑިއަމެއްގައި އެބަ ވިދާޅުވާ ތިމަން މަނިކުފާނު ޝަރުއީ ނިޒާމަކަށް ނުފޫޒެއް ނުފޯރުވަމޭ! ދަންނަވަންތޯއެވެ! ރައީސްގެ މަގާމްގައި ހުރިކަމުގައިވީނަމަވެސް ޝަރުއީ ނިޒާމަކީ މުޅިން ވަކި އެއްޗެކެވެ. އެޔަކަށް ނުފޫޒު ފޯރުވިގެންވެސް ނުވާނެއެވެ. މިވަރުދެން ކިރުބޯ ތުއްތު ކުއްޖާއަށްވެސް އެނގޭނެއެވެ.

ދެން މަޖިލިސް އިންތިޚާބާ ދިމާކޮށް ދަތުރުތައް ކުރައްވަމުން މި ވިދާޅުވަނީ މަނިކުފާނު ދުވަހަކުވެސް އެކި ފަހަރު އެކި ވާހަކަ ދައްކަވާފައިނުވާނެކަމަށެވެ. ސުބްހާނަ ﷲ އެވެ.

ހަނދާންކޮށްލަދެންހެއްޔެވެ! އެންމެ ފުރަތަމަ ކެމްޕެއިން ކުރެއްވި އިރު ވިިދާޅުވީ ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށެވެ.

ފަހުން ރާގު ބަދަލުވެ ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިންނޭ އެމަނިކުފާނު މިނިވަން ކުރައްވާނީ އޭގެ ފަހުން ވާހަކަ ބަދަލުކޮށް ރައީސް ވިދާޅުވީ ޝަރުއީ ނިޒާމް މިނިވަން ކުރައްވާނަމޭ އެ މިނިވަންވެއްޖެއޭ! ހައިރާނެއް ނުވާނެތޯ އެވެ!

އިތުރުފުޅު ހެއްދެވުން ހުއްޓާލާ! ވައުދުވުން ހުއްޓާލާ! ތި ކުޅިވަރަށް ނިމުމެއް ގެނެސްދެއްވާ!!

ކޮމެންޓު
ކޮމެންޓްތައު
Aasi
Feb 15, 2024, 07:39 PM
Hus dhogu vaudhu vamun danee 5 aharu vaairu haadahaa dhogej hedheynee adhi verikamaa havaalu vi fahun dathuru kurun othee, roadamahahu hadulaa fushaa dheynamey ves bunefa othee, neyge me Kan ves vaane gotheh, konme geyah masdalhu case fonuvaala Bala
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved