March 10, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު / -

ފެނަކައިގެ އެމްޑީ ރިޓަޔާޑް ނަޖާހް އިސްތިއުފާ ދިނުމަށް އަޒާން ގޮވާލައިފި

Hussain Nawaf
ހުސައިން ނަވާފް
Mar 25, 2025, 07:26 PM

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ހައްލު ހޯދައި ދެވިފައި ނުވާތީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް މޭޖަރ މުހައްމަދު ނަޖާހް އިސްތިއުފާ ދިނުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ގޮވާލައިފިއެވެ.

Advertisement

ފެނަކައިން މީގެ ކުރިން ބުނީ ރޯދައަށް މައްސަލަ އެކީ ހައްލުވާނެ ކަމަށެވެ.

މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 17 ފެބްރުއަރީ ގައި 1.8 މެގަވަޓްގެ ޖެނެރޭޓަރު ސެޓެއް ގެންގޮސް ހަލާކުވެފައިވާ ތިން ޖެނެރޭޓަރުގެ މަރާމާތު ކުރިކަމަށް ފެނަކައިންވަނީ ބުނެފައެވެ.

ނަމަވެސް، އޭގެ ފަހުން ރޯދަ މަސް ފެށި މިއަދާ ހަމައަށް ވެސް ގިނަ ދުވަސްދުވަހު ގަޑި ބަހައިގެން އެކި ރަށްރަށުން ދިޔައީ ކަރަންޓު ކަނޑަމުންނެވެ.

އެކަމުގެ ކަންބޮޑުވުން އައްޑޫގެ ރައްޔިތުންނާއި އެ ސިޓީގެ ދާއިރާތައް ތަމްސީލު ކުރައްވާ މަޖިލީހުގެ ބައެއް މެންބަރުން ގެންދަނީ ފާޅުކުރަމުންނެވެ.

މި ކަމާއި ގުޅިގެން ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ސަރުކާރަށް ނުހޯދިއްޖެ ނަމަ، މި ފެށޭ ފިތުރު އީދުގައި ރަށްތައް ޒީނަތްތެރިކުރަން އީދު ބޮކި ސިޓީ ކައުންސިލުން އިސްވެ ހަރު ނުކުރާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved