March 10, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ޕީޕީއެމް

ރައީސް ޑރ މުއިއްޒުގެ މައްޗަށް މިނިވަން ޕީޖީއެއް ހުރެގެން ދައުވާ އުފުލޭނެ: ޑރ ޖަމީލް

Hussain Nawaf
ހުސައިން ނަވާފް
Mar 25, 2025, 09:43 PM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް މިނިވަން ޕީޖީއެއް ހުރެގެން ދައުވާ އުފުލޭނެކަން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޑރ ޖަމީލް މިފަަދައިން ވިދާޅުފައިވަނީ ރައީސް ޑރ މުއިއްޒު އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒަށް ފޯނުން ގުޅުއްވާ ބިރު ދައްކާ އިންޒާރުދިނުމާއި ގުޅިގެންކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ރައީސް މުއިއްޒުގެ ބާރު އޮތް މަޖިލީހަކަށް ޖަވާބުދާރީވާން ޖެހޭ ޕީޖީއަކަށް މިހާރުގެ ޕީޖީފަދަ ގޮނޑި ކޮއްކޮއެއް ހުރުމުން ދައުވާ ނުކުރާނެކަން އިނގޭކަމަށް ޑރ ޖަމީލް ވިދާޅުވި އެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދައްކާ ބިރާއި ނުފޫޒާއި ގުޅިގެންވެސް ހާމަވާކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން މިއަދު މައްސަލައަކީ ޕީޖީ އައްބާސް ޝަަރީފުވެސް މާފުދިގެން ނެތް މިންވަރުން މާ ކެރޭ މީހެއް ކަމަށްދެއްކެން އުޅޭތީކަމަށް ޑރ ޖަމީލް ވިދާޅުވި އެވެ.

އެގޮތުން ވަޒީފާގެ އަޅުންނަށްވީމަ މިނިވަން ޕްރޮސިކިއުޝަނެއް ނުހިންގޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ މައްޗަށް މިކަމުގައި މިނިވަން ޕީޖީއެއް ހުރެގެން ދައުވާ އުފުލޭނެކަމާއި ވަގުތު ޖެހުމުން އެ ނަތީޖާ ތަފާތުވާނެކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved