April 25, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ތޭރަ އޮންލައިން

ކަރަންޓު މައްސަލަ ހައްލު ނުކުރެވުމުން އެއީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީއަށް ވެވޭ އިހުމާލެއް: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Mar 26, 2025, 08:38 PM

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލު ނުކުރެވުމުން އެއީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީއަށް ވެވޭ އިހުމާލެއްކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އައްޑޫ ސިޓީއަށް އަރތް އަވަރ ނުނިމިގެން އުޅެނީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތީމަކަމަށް މަލީހު ވިދާޅުވިއެވެ.

މިއަދު މަޖިލިސް މެމްބަރުން ތިބީ ވިކިފައިކަމާއި ރައްޔިތުންގެ ހައްގުގައި ބަސް ބުނާ އެއްވެސް މަޖިލިސް މެމްބަރަކު ނެތްކަމަށް ފާހަގަކޮށް އެކަމާއި ގުޅިގެން މަލީހުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި އެއީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީއަށް ވެވޭ އިހުމާލެއް ކަމާއި އެއީ ބޭއިންސާފެއްކަމަށް މަލީހު ވިދާޅުވިއެވެ.

ރޯދަ މަސް ފެށި މިއަދާ ހަމައަށް ގިނަ ދުވަސްދުވަހު ގަޑި ބަހައިގެން އެކި ރަށްރަށުން ދިޔައީ ކަރަންޓު ކަނޑަމުންކަން ފާހަގަކުރެވެއެވެ.

އެކަމުގެ ކަންބޮޑުވުން އައްޑޫގެ ރައްޔިތުންނާއި އެ ސިޓީގެ ދާއިރާތައް ތަމްސީލު ކުރައްވާ މަޖިލީހުގެ ބައެއް މެންބަރުން ގެންދަނީ ފާޅުކުރަމުންނެވެ.

މި ކަމާއި ގުޅިގެން ކަރަންޓު މައްސައަށް ދާއިމީ ހައްލެއް ސަރުކާރަށް ނުހޯދިއްޖެ ނަމަ، މި ފެށޭ ފިތުރު އީދުގައި ރަށްތައް ޒީނަތްތެރިކުރަން އީދު ބޮކި އައްޑޫ ސިޓީ ކައުންސިލުން އިސްވެ ހަރު ނުކުރާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved