March 16, 2026
Advertisement
ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ޕޮޑްކާސްޓް ހޯސްޓް ކުރައްވާނީ ޓީވީ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ)އާއެކު---
ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ޕޮޑްކާސްޓް ހޯސްޓް ކުރައްވާނީ ޓީވީ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ)އާއެކު--- / ރައީސް އޮފިސް

ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާ ރައީސް މުއިއްޒު ޕޮޑްކާސްޓެއް ފަށައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 27, 2025, 06:04 PM
މާލެ ސިޓީ

ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގެ ޝޯގެ ފުރަތަމަ އެޕިސޯޑް މިއަދު ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

Advertisement

ރައީސް ފައްޓަވާ ޕޮޑްކާސްޓުގެ ޓްރެއިލާ އާންމުކުރަމުން ރައީސް އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ވަނީ ޕޯސްޓެއްކޮށްފަ އެވެ.

އެ ޕޯސްޓުގައި ބުނީ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް ޝާއިއުކުރާނީ މިއަދު މެންދުރު 1 ޖަހާއިރު ކަމަށާއި އެ ޕޮޑްކާސްޓުގެ ހޮސްޓަކީ ނުވަތަ ހުށަހެޅުންތެރިއަކީ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު އަދި ތައުލީމީ ހިދުމަތްތެރިޔާ އަހުމަދު ޝަކީބު ކަމަށެވެ.

އެ ޕޮޑްކާސްޓު ގެނެސްދޭނީ ކިހާ މުއްދަތަކުން ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

އެ ޕޮޑްކާސްޓް ހޯސްޓް ކުރައްވާނީ ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ) އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މުއިއްޒުގެ ޕޮޑްކާސްޓް ފަށަން ނިންމާފައި ވާއިރު، އެމަނިކުފާނު ދިވެހި ނޫސްވެރިންނާއި އުޅުއްވަނީ ފިއްލަވައިގެން ނެވެ. ނޫސްވެރިންނާ ރަސްމީ ބައްދަލުވުމެއް ނުބާއްވާތާ މިހާރު 500 ދުވަސް ވަނީ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved