April 25, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

ފޭކް ޕީއެޗްޑީތަކުގެ މައްސަލަައިގައި ދައުލަތުން ހަނު އޮންނާތީ މަލީހު ކަންބޮޑުވުން ފާޅު ކުރައްވާފި

Hussain Nawaf
ހުސައިން ނަވާފް
Mar 27, 2025, 08:59 PM

ފޭކް ޕީއެޗްޑީތަކުގެ މައްސަލަައިގައި ދައުލަތުން ހަނު އޮންނާތީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކަންބޮޑުވުން ފާޅު ކުރައްވާފިއެވެ.

Advertisement

މަލީހު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެގޮތުން ފޭކް ޕީއެޗްޑީ އާއި އެހެން ލެވެލްތަކުގެ ފޭކް ތަޢުލީމީ ސަނަދުތަކުގެ ވާހަކަ ދެކެވޭތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާރު އެކަމުގެ އަޑު މާ ގަދަ ކަމަށް ވިދާޅުވެ އޭނާވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެފަދަ ކަންކަން ބެލުމަށްޓަކައި އުފައްދާފައިވާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އެމްކިއުއޭ، ތައުލީމީ ވުޒާރާ، ފުލުހުންނާއި ސަރުކާރުން ހަނު އޮތުމުގެ ސަބަބުން މަލީހު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން މިފަދަ ކަންކަމަކީ ގައުމުގެ މުސްތަގުބަލް ހަލާކުވެދާނެ ފަދަ ކަންކަމުގެ ގޮތުގައި ވަނީ މަލީހު ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved