ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ މަނިކު / ސޯޝަލް މީޑިއާ
ހަބަރު
ޒަކިއްޔާގެ މަރު: އެފްބީއައިން ތަހުގީގުކުރިތަ؟
27 މާރިޗު 2025
މާލެ ސިޓީ

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ނ. ހޮޅުދޫ ރައްޔިތުންނަށް ބިރުވެރި ދުވަހެކެވެ. އެގޮތުން އެ ރަށު މާރަނގަ ޒަކިއްޔާ މޫސާ މަނިކު، އޭނާ ދިރިއުޅެމުން ދިޔަ ގެ، އެ ރަށު ނިއު ލައިފުގެ ގުދަނެއްގެ ތެރޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު ނިޔާވެފައި އޮއްވާ ފެނުމުން އެ ރައްޔިތުންގެ ހޮތިގައި ގިނަ ސުވާލުތައް އުފެދިފައިވެއެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ރަށުގެ ކުނި ނަގާ މީހުންނަށް އޭނާ ފެނިފައިވަނީ އެ ދުވަހުގެ ހެނދުނު 09:53 ހާއިރު ކަމަށް ދިވެހި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކޮށްފައިވެއެވެ. އޭގެ ކުރިން ޒަކިއްޔާ އެ ދުވަހުގެ 8:40 ގައި އޭނާގެ ދަނބިދަރި އާ ބައްދަލުވި ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ، ނަމަވެސް ޒަކިއްޔާގެ ހަށިގަނޑު އެ ރަށު ހެލްތު ސެންޓަރަށް ގެން ގޮސް އޭނާގެ މަރު ކަށަވަރުކޮށް ޑޮކްޓަރު ލިޔެފައިވަނީ 10:23 ގައެވެ. އެއާއެކު ޕޯސްޓު މޯޓަމް ހަދަން ކަމަށް ވުނެ ހަށިގަނޑު މާލެ ގެނެސް، އެ ވަގުތު ރާއްޖޭގައި ޕޯސްޓު މޯޓަމް ނުހަދާވެސް މަރުގެ ސަބަބު ދެނަގެނެވޭނެ ވަރުގެ ޕެތޮލެޖިސްޓެއް ހުރުމުން ޒަކިއްޔާގެ މަރުގެ ސަބަބު އެ ޕެތޮޖިސްޓުގެ ލަފަޔާ އިރުޝާދަށް ބަލާ ނިންމާލިއިރު ޕެތޮލިޖިސްޓު ފާހަގަކުރި ގޮތުގައި މަރުވެފައިވަނީ ހަށިގަނޑު ފެނުނު ގަޑީގެ ދެ ގަޑިއިރު ކުރިންނެވެ. އެހެންކަމަށްވާ ނަމަ އެއީ އެ ދުވަހުގެ ހެނދުނު 07:53 ހާ އިރުއެވެ.

މިހާ ހިސާބުންވެސް މި މަރުގައި ޝައްކުކުރެވޭނެ ކަންކަން ރަށު ރައްޔިތުން ފާހަގަކުރިއެވެ. ޒަކިއްޔާގެ މަރުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ފުރަތަމަ ދުވަހުން ވެސް ރައްޔިތުން ދިޔައީ ފާހަގަކުރަމުންނެވެ. އެގޮތުން ފުލުހުން ސީން ދޫކޯށް ދިއުމާ ފުލުހުން ފޮރެންސިކާ ނުލާ ސިން ރޫޅާ ލުމާ އަދި ކްރައިމް ސީނެއްގައި ފުލުހުން އަމަލު ކުރަން ޖެހޭ ގޮތް ނޫން ގޮތަށް އަމަލު ކުރުމުން ހެކި ގެއްލުމުގެ ފުރުސަތު އޮތް ކަން ރައްޔިތުން ދިޔައި ތަކުރާރުކޮށް ބުނަމުންނެވެ.

ނަމަވެސް ދިވެހި ފުލުހުން ދިޔައި އެ ފަދަ ކަމެއް ނުހިނގާ ކަމަށާ ފުލުހުން ސިން ރައްކާތެރިކަމަށް ބުނަމުންނެވެ. ޒަކިއްޔާއާ އެއް ދުވަހެއްގައި ކުޅުއްދުއްފުށިން ވެސް ޒުވާނަކު ނިޔާވިއިރު އެ ޒުވާނާގެ މަރުގެ ސަބަބު ދެނެގަތުމަށް އިންޑިއާ ފޮނުވާ ޕޮސްޓް މޯޓަމް ހެދިއިރު ޒަކިއްޔާގެ މަރު ރާއްޖޭގައި ހުރި ޕެތޮލޮސްޖިސްޓެއް މެދުވެރިކޮށް ކަށަވަރުކުރަން ޖެހުނު ސަބަބަކީ ވެސް މީގައި ރައްޔިތުން ސުވާލު އުފައްދާ ކަމެކެވެ.

މި ހުރިހާ ސުވާލުތަކާ އެކު ރައްޔިތުންނަށް ޖަވާބު ލިބުން ލަސްވާން ފެށުމާ އެކު އެ ރައްޔިތުންވަނީ ޒަކިއްޔާއަށް އިންސާފު ހޯދުމަށް ރަށުގައި އެއްވުންތަކާ އިހުތިޖާޖުތައް ބާއްވަން ފަށާފައެވެ. އެއާއެކު އެފަދަ ކޮންމެ އިވެންޓަކާ ދިމާކޮށް ފުލުހުން މޮޅު ސުރުޚީއަކާ އެކު ބަޔާން ނެރޭ ކަމަށް އެ ރައްޔިތުން ބުނެއެވެ.

އެގޮތުން އެ ރައްޔިތުންގެ ރުޅި ގަނޑު މައިތިރިކުރަން، ފުލުހުން އެފްބީއައި އާ ގުޅުވާ ވެސް މޮޅުވާހަކައެއް ދައްކާފައިވާ ކަމަށް އެ ރައްޔިތުން ބުނެއެވެ. ޚާއްސަކޮށް ޒަކިއްޔާގެ އާއިލާއިން ހާމަކުރާ ގޮތުގައި އެފްބިއައި މީހުން ރާއްޖެ ނައިސް އެކަން ތަހުގީގުކުރާނެ ގޮތަކާ މެދު އެއީ ފުރަތަމަ އުފެދޭ ސުވާލެވެ.

ފުލުހުންގެ އިހުާމު އޮތް ކަމަށް މިނިސްޓަރު އިއުތިރާފުވެ އަދި އެ މަރަކީ އާދަޔާ ޚިލާފު މަރެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވި މަރަކަށްވާއިރު، ފުލުހުންގެ އިހުމާލުން ހެކި ނެތި ގޮސްފައިވާ ކަމަށް ރައްޔިތުން ގަބޫލު ކުރާ އެ މައްސަލަގައި އެފްބީއައި ރައުޔު ނެރެފައިވަނީ ދިވެހި ފުލުހުން އެމިހުންނަށް ފޮނުވި ހެކިތަކެއްގެ މައްޗަށް ކަމަށްވާއިރު މިހާރު ޒަކިއްޔާގެ މަރުގައި އެފްބީއައިވެސް ބައިވެރިކޮށްފީމޭ ބުނެ ފުލުހުން ގެންދަނީ ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށް ހޮޅުދޫގެ ރައްޔިތުންގެ ތެރެއިން ތޭރަ އޮންލައިންއާ ވާހަކަ ދެއްކި ރައްޔިތުން ވަނީ ބުނެފައެވެ.

ކޯއްޗެއް އޮޅުވާލަންތަ މިއުޅެނީ. ބަލަ މިތާ ތިބި ޕޮލިހުން އެމީހުންނަށް ފުރުސަތު ދިނީ ހެކި ނައްތާލަން. ވަޅިގައިވެސް ލޭ އުނގުޅަން. ހަސަނިކޮށްމެން ކީއްކުރީ ގުދަން ތެރޭގައި ޒަކިއްޔާ ގޮވައިގެން ފުލުހުން ދިޔައީމަ؟ ވަޅި އެންމެ ފުރަތަމަ ފެނުނު މީހުން ވެސް އެ ބުނަނީ ވަޅިގައި ލޭ ނެތޭ. ދެން އެންމެ ބިރުން ތިބީމަ އެންމެންނަށް އެއް ގޮތަކަށް ފެންނުން މީ އަޖާއިބެއް ނޫންތަ؟ ގޭ ތެރެއަށް މީހަކު ނުވަދެޔޭ ބުނަން ފުލުހުންނަށް އެނގެންވީ ކީއްވެ؟ ޗަސް ލިންކުގެ އެއް ކެމެރާ އިނީ ހަލާކުވެފައި. މަގުގެ އެއް ފަޅިން އަންނަ ބަޔަކު ނުފެންނާނެ އެހެންވީމަ. ދެން އެފްބީއައިގެ ވާހަކަ. އެފްބީއައި ބަޔަކު އައިތަ މިތަނަށް އެއްޗެއް ސާފުކރުަން ބަޔަކު ކައިރިއަށް. މި މީހުން މޮންޑީއަށް ބިރުން މި މީހުން މިތަނން އަތަށް ގޮވާފާނެތީ މިތަނުން ނެގި ސާމްޕަލްއޭ ކިޔާފަ ފޮނުވި އެއްޗެއް ދީ އެފްބީއައި އަށް ފެންނާނީ. ކަން ހިނގި ގޮތް ތަނުގެ ހެކި ނައްތާލިތަކް އެމީހުންނަށް އެނގޭނެތަ؟ ހުސް ދޮގު. ދޮގު މައްޗަށް ދޮގު

- ހޮޅުދޫ ރައްޔިތެއް.

އެހެންކަމުން ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުގައި ފުލުހުން, އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ބައިވެރިކޮށްފި ކަމަށް ބުނާ ވާހަކަތަކުގައި އެ ރަށު ރައްޔިތުންގެ ބަސް ތަފާތެވެ. އެ ރަށު ރައްޔިތުން ހާމަކުރާ ގޮތުގައި އެއީ މަތި އަޅަން ވާހަކަ އޮއްބާލަން ދައްކާ "ބައިސާ" ވާހަކަތަކެވެ.

ފުލުހުން ބުނި ގޮތުގައި ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން އޮތީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، ޒަކިއްޔާގެ ކަރުގެ ކަނާތް އަދި ވައަތް ފަރާތަށް ފުންކޮށް ގިނަ ޒަޚަމްތަކެއް ލިބިފައި ހުއްޓެވެ. އަދި ކަރުގައި މެދާއި ހިސާބުގައި ތިލަކޮށް އެއް ޒަޚަމް ލިބިފައިވެއެވެ.

އޭނާ މަރުވެފައި އޮތް ސީންގައި އޭނާގެ ކައިރީ އޮތް ވަޅިއާއި އޭނާގެ ހެދުމުގައި ވެސް ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި އެ ވަޅީގައި ހުރި ލެއަކީ ޒަކިއްޔާގެ ލޭ ކަމަށް ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންނަމަވެސް ޒަކިއްޔާގެ ކަރުގައި ފެންނަން ހުރި ޒަޚަމްތަކަކީ އެ ވަޅިން ލިބިފައިވާ ޒަޚަމްތަކެއްތޯ ނުވަތަ ނޫންތޯ ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ބުނި ގޮތުގައި އެ މައުލޫމާތުތައް ހިއްސާކުރެވޭނީ މުޅި ތަހުގީގު ނިމުމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved