April 20, 2026
Advertisement
އައިއާރުޖީސީން ނެރުނު ފުޓޭޖުގެ ތެރެއިން.
އައިއާރުޖީސީން ނެރުނު ފުޓޭޖުގެ ތެރެއިން. / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

އެތައް ހާސް މިސައިލްތަކެއް ހިމެނޭ މިސައިލް ސިޓީއެއް އީރާނުން ދައްކާލައިފި

Hussain Nawaf
ހުސައިން ނަވާފް
Mar 29, 2025, 06:40 PM

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެއާސްޕޭސް ފޯސްތަކަށް "މިސައިލް ސިޓީ" އެއް އަންގާރަ ދުވަހު ދައްކާލައި، އެ ސިޓީގައި އެތައް ހާސް ޕްރެސިޝަން މިސައިލްތަކެއް ހުރި ކަމަށް ބުނެފިއެވެ.

Advertisement

އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފެސިލިޓީގައި ޚައިބަރު ޝެކާން، ޣަދްރު، ސެޖިލް، އިމާދު، އަދި ހާޖް ޤާސިމް ފަދަ މިސައިލްތަކުގެ އިތުރުން ސޮލިޑް އަދި ލިކުއިޑް ފިއުލް ބެލިސްޓިކް މިސައިލް ވެސް ހިމެނެއެވެ.

ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އީރާނުގެ ދައުލަތުގެ ޓީވީން ވަނީ އައިއާރުޖީސީގެ ކޮމާންޑަރު ހުސެއިން ސަލާމީ ބިމުގެ އަޑީގައި ހުންނަ މިސައިލް ބޭސްއަކަށް ޒިޔާރަތްކުރާ ފޫޓޭޖެއް ދައްކާފައެވެ.

އެ ޗެނަލުން ބުނާ ގޮތުގައި މި ބޭސް ބޭނުންކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ސަހްޔޫނީންނަށް ފުރަތަމަ ފަހަރަށް ހައިޕަރ ސޮނިކް މިސައިލް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 200 މިސައިލުން ހަމަލާ ދިނުމަށެވެ.

އެވަގުތު ސަހްޔޫނީން ރައްދު ދިނީ އީރާނުގެ އެތެރޭގައި ހުރި އަސްކަރީ ތަންތަނަށް އަމާޒުކޮށްށެވެ.

މިސައިލް ސިޓީ ދައްކާލިތާ ދުވަސްތަކެއް ފަހުން އައިއާރުޖީސީގެ ކަނޑުގެ ސިފައިން ވަނީ އީރާނުގެ ދެކުނު ކަނޑުގެ ސަރަހައްދުގައި ބިމުގެ އަޑީގައި ބޯޓު ރައްކާކުރާ ތަނެއް ހާމަކޮށްފައެވެ.

އޭރު ބްރޯޑްކާސްޓް ކުރި ފޫޓޭޖްތަކުން މެޝިންގަން އާއި މިސައިލްގެ އިތުރުން އަސްކަރީ ކުދި އުޅަނދުތަކެއް ބިމުގެ އަޑީގައި ހުރި ޓަނަލްތަކުގެ ތެރޭގައި ހުރި ތަން ފެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved