ގުޅީފަޅު ހިއްކުމުގެ މަސައްކަތް / އަދަދު
ހަބަރު
ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އަމުރު ނެރެފި
Aminath Raudha
ައަމިނަތު ރައުދާ
14 ފެބްރުއަރީ 2024
މާލެ ސިޓީ

ކ ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މަޑު ޖައްސާލުމަށް ހައި ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.

އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން ހައިކޯޓުން އަމުރު ކޮށްފައިވަނީ ސިވިލް ކޯޓުން އެމައްސަލަ ނިމެންދެން މަޝްރޫއު ކުރިއަށް ނުގެންގޮސް މަޑުު ޖައްސާލުމަށެވެ.

އެމައްސަލަ ހުށަހަޅާފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތެކެވެ. މިފަރާތުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް ސިވިލް ކޯޓުންވަނީ މަޝްރޫއު މަޑުޖައްްސާލަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ނަމަވެސް ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުމުގެ ހުރިހާ މަސައްކަތްތަކެއް ވަގުތީ ގޮތުން ހުއްޓާލުމަށެވެ.

ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މަޝްރޫއު ހުއްޓާލަން ވަގުތީ އަމުރެއް ނުނެރެފިނަމަ ތިމާވެއްޓަށާއި އަންނަން އޮތް ޖީލަށް އިއާދަ ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެންގޮސްދާނެ ކަމުގައެވެ.

އީއައިއޭގައި ކަނޑައަޅާފައިވާ މިންގަނޑުތާކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި، އެކަން ނަފީކުރަން ދައުލަތުން އެެއްވެސް ހެއްކެއް ދައްކާފައިނުވާކަަމަށް ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved