May 2, 2026
Advertisement
ޕީއެންފް ގެ ފަރާތުން މަޖިލާހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަންއާއި ހުށައެޅުން
ޕީއެންފް ގެ ފަރާތުން މަޖިލާހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަންއާއި ހުށައެޅުން / މިސްބާހް | ތޭރަ އިމޭޖްސް

މިއޮތީ ރައްޔިތުންގެ ބާރު ދައްކާލަންވީ ވަގުތު: މަލީހް

Aminath Raudha
ައަމިނަތު ރައުދާ
Feb 15, 2024, 03:47 AM
މާލެ ސިޓީ

މިހާރު މިއޮތީ ރައްޔިތުންގެ ބާރު ދަށްކާލަން ޖެހޭ ވަގުތު ޖެހިފައިކަމަށް މަލީހް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖޖިލިސް އިންތިހާބުގައި ކުރިމަތިލައްވަން ޝައުގުވެރިކަން ހުންނެވި ފަރާތްތަކުގެ ފޯމުތައް އީސީއަށް ހުށަހެޅުމަށްފަހު ދެއްވި އިންޓަވިއު އެއްގައެވެ.

މަލީހް ވިދާޅުވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނަނީ ބާރުތައް ފެށިގެން އަންނަނީ ދިވެހި ރައްޔިތުންގެ ފަރާތުން ކަމަށާއި މިއަދު މިއޮތީ ރައްޔިތުންގެ ބާރު ދަށްކާލަން ޖެހިފައިކަމުގައެވެ.

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ބުނަނީ ބާރު ފެށިގެން އަންނަނީ ރައްޔިތުންނާއި ހަމައިންނޭ. ރައްޔިތުންގެ ކިބައިންނޭ. މިއޮތީ ރައްޔިތުންގެ ބާރު ދައްކާލަން ވީ ވަގުތު

މުހައްމަދު މަލީހް ޖަމީލް

އަދި ހަމައެއާއެކު މި އިންތިހާބު ވެގެންދާނީ ރައީސް ޔާމީން ނުހައްގުން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބަހަައްޓަވައި ކުރިއަށްދާނެ ހަތަރު ވަނަ އިންތިހާބު ކަމުގައި ކަމަށްވެސް މަލީހް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއި އެކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާފައިވަނީ ޖުމްލަ 47(ސާޅީސް ހަތް) ފޯމުވަނީ ހުށަހަޅާފައެވެ. އަންގާރަ ދުވަހު 28( އަށާވީސް) ފޯމް އަދި ބުދަ ދުވަހު 19 ( ނަވާރަ) ފޯމުވަނީ ހުށަހަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved