March 25, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ރާއްޖެއެމްވީ

އީދުގެ ތަހުނިޔާއާ އެކު ރައީސް ޔާމީން އެދިލެއްވީ ދުއާގައި ފަލަސްތީނުގެ ރައްޔިތުން ޝާމިލުކުރުމަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 30, 2025, 01:52 AM
މާލެ ސިޓީ

ބަރަކާތްތެރި ފިޠުތު އީދުގެ ތަހުނިޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދެކަނބަލުންގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް އަރިސް ކުރައްވައިފިއެވެ.

Advertisement

މާދަމާއަކީ މިއަހަރުގެ ފިޠުރު އީދު ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން އިއުލާންކުރުމާ ގުޅިގެން ރައީސް ޔާމީންގެ ދެ ކަނބަލުންގެ ފަރާތުން ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވި އީދު ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނާ އަދި އާއިލާގެ ނަމުގައި އީދުގެ ހެޔޮ އެދުމާ މުބާރަކުބާދު ރައްޔިތުންނަށް އަރިސް ކުރައްވާފައިވެއެވެ.

ރަމަޟާން މަހުގެ ރޯދައިގެ ބަރަކާތާ އެކު ހުރިހާ ރައްޔިތުންނާ ބައްދަލުކުރާ ފިޠުރު އީދަކީ އުފާވެރި ވަގުތުތަކެއް ނަމަވެސް ރޯދަ މަހެކޭ އެއް ފަދައިން އަޅުކަމުގެ ކަންކަމުގައި ހުރިހާ ރައްޔިތުންވެސް ޝާމިލުވެ އުޅުމަށް ރައީސް ޔާމީންގެ މެސެޖުގައި އިލްތިމާސްކުރައްވާފައިވެއެވެ.

މީގެ އިތުރުން އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ހަނދާންކޮށް ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާއިން އެ މުސްލިމު އަޚުންނާ އުޚުތުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved