

އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ފެނުމުން މާދަމާއަކީ ރާއްޖެއަށް ވެސް އީދު ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.
މާދަމާއަކީ މިއަަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑަައަޅުއްވައި، އިއުލާންކުުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހުއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ފަރާތުން އިއްވެވި ހަނދާ ބެހޭ ބަޔާނުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެނުނު ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވެފައިވާކަމުގެ ޚަބަރު ރަސްމީކޮށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން މާރިޗު 30 ވާ އާދީއްތަ ދުވަހަކީ ޙިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި އަދި އެ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާއާއި އިސްލާމީ ވަރަށް ގިނަ ޤައުމުތަކުން ވަނީ މާދަމާއަކީ މިއަހަރުގެ ފިޠުރު އީދު ދުވަސްކަމަށް ކަނޑައަޅާފަ އެވެ.