March 19, 2026
Advertisement
މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާ
މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާ / ޕޮލިސް

މިއަދު ހަވީރު ވަގުތު މާލޭގައި ވެހިކަލް ދުއްވުން މަނާ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 30, 2025, 05:36 PM
މާލެ ސިޓީ

ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހަމަޖައްސައިފި އެވެ.

Advertisement

މި އެންގުން އަންގައި އެ މިނިސްޓްރީން އިއްޔެ ވަނީ ގެޒެޓްގައި އިއުލާނެއް ޝާއިއުކޮށްފަ އެވެ.

ވެހިކަލް ދުއްވުން މަނާކޮށްފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށެވެ. އަދި ހަވީރު 4 އިން ރޭގަނޑު 11:30އަށް ބަރު އުޅަނދު ދުއްވުމަކީ ވެސް މަނާ ކަމެއް ކަމަށް މިނިސްޓްރީގެ އެންގުމުގައި ބުނެފައިވެ އެވެ.

މި ގަޑިތަކުގައި ދުއްވަން ހުއްދަ އޮތް އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަކުރެވިފައިވާ އުޅަނދު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތުގެ އިތުރުން އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ފިތުރު އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެކުރިންވެސް މިފަދަ މުނާސަބަތުތަކާއި ދިމާކޮށް ހިނގާފައި އުޅޭ ވަގުތުތައް މާލޭގައި ކަނޑައަޅާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved