ރައްޔިތުންގެ މަޖިލީހުގެ ތަޅުން / -
ހަބަރު
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލައި ޕެޓިޝަނެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 އޭޕްރީލު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ލިބޭ މުސާރައާއި ބައެއް އިނާޔަތްތައް ކުޑަކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އާންމުންގެ ބަޔަކު ފަށާފައިވާ މި ޕެޓިޝަނުގައި ގޮވާލާފައިވަނީ މެންބަރުންގެ މުސާރަ ކުޑަކޮށް، ކޮމިޓީ އެލަވަންސް އުނިކުރުމުގެ އިތުރުން މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް މިހާރު ދޭ ހާއްސަ ހެލްތު އިންޝުއަރެންސް ކަނޑާލާ، ކުރިން މެންބަރުކަން ކުރި ފަރާތްތަކަށް ދޭ އެލަވަންސް ކަނޑާލުމަށެވެ.

އޮންލައިންކޮށް ސޮއިކުރެވޭ މި ޕެޓިޝަނުގައި ގިނަބަޔަކު މިހާރު ވެސް އަންނަނީ ސޮއިކުރަމުންނެވެ.

މިހާރު އުސޫލު އޮތް ގޮތުން އެލަވަންސްތަކާއެކު މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހު މުސާރައިގެ ގޮތުގައި 82,500ރ. ލިބޭނެ އެވެ. އޭގެއިތުރުން، ބައިވެރިވާ ކޮންމެ ކޮމިޓީ ބައްދަލުވުމަކަށް އެލަވަންސަކާއި މެންބަރު އަދި އާއިލާއަށް ރާއްޖެއިންނާއި ބޭރުގެ ބައެއް ގައުމުތަކުން ހެލްތު އިންޝުއަރެންސްގެ ހާއްސަ ޕެކޭޖެއް ދައުލަތުން ދެ އެވެ.

މެންބަރުންގެ މުސާރަ ކުޑަކުރުމާ ގުޅޭގޮތުން އެންމެ ފަހުން މަޖިލީހުގައި ވާހަކަ ދެކެވުނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭރު އެކަމާ ވާހަކަ ދެއްކި ހުރިހާ މެންބަރުންހެން މުސާރަ ކުޑަކުރުމާ ދެކޮޅު ހެއްދެވި އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved