April 25, 2026
Advertisement
މަޖިލިސް މެޖޯރިޓި ލީޑަރ އިބްރާހިމު ފަލާހު /  ތޭރަ އޮންލައިން
މަޖިލިސް މެޖޯރިޓި ލީޑަރ އިބްރާހިމު ފަލާހު / ތޭރަ އޮންލައިން / ތޭރަ އޮންލައިން

މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ޕެޓިޝަނެއްގައި ރައްޔިތުން ސޮއިކުރަން ފެށުމުން "ބޮޓޭކޯ" ރުޅިގަދަ ވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Apr 2, 2025, 04:13 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ގޮވާލާ ޕެޓިޝަނެއްގައި ރައްޔިތުން ސޮއިކުރަން ފެށުމުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ކަންބޮޑުވެއްޖެ އެވެ.

Advertisement

އޮންލައިންކޮށް ސޮއިކުރެވޭ މި ޕެޓިޝަންގައި ގޮވާލާފައި ވަނީ މެންބަރުންނަށް ދޭ ބޮޑު މުސާރަ އާއި އެހެން އިނާޔަތްތަކާ ހުރެ އިގްތިސޯދަށް އޮތް ގޮންޖެހުން ކުޑަކުރުމަށް އެ އިނާޔަތްތައް ކުޑަކުރުމަށެވެ.

މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނުގައި މަޖިލިސް މެންބަރުންނަށް ދޭ ކޮމެޓީ އެލަވެންސް އެއްކޮށް ކަނޑާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން ކުރީގެ މެންބަރުންގެ އިނާޔަތްތައް ވެސް ހުއްޓާލައި، މިހާރަށް ވުރެ ޒިންމާދާރުކަމާއެކު ރައްޔިތުންގެ ފައިސާއިން ހަރަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޕެޓިޝަންގައި އިލްތިމާސްކޮށްފައިވެ އެވެ.

މިކަމާ ރުޅިގަދަވެ ފަލާހު - ބޮޓޭކޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ބަދަލެއް ގެންނަން ރަނގަޅީ މަޖިލީހުގެ ދައުރެއް ނިމި، އާ ދައުރެއްގެ އިންތިހާބަށް ފަހުގައި ކަމަށެވެ.

އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރުމަށް ފަހު މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްފިނަމަ އިިންތިހާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެތީ ކަމަށް ފަލާހު ވިދާޅުވި އެވެ.

ވީމަ އަލަށް 21ވަނަ މަޖިލީހަށް، މެމްބަރަކަށް 5000 ރުފިޔާ ކަނޑައެޅީމަ އެ މުސާރަ އޯކޭވެގެން ކުރިމަތިލާ މެމްބަރުންނަކަށް ޝަކުވާކުރެވޭކަށް ނޯންނާނެ،

ފަލާހް

މެންބަރުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 62،000ރ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. އާ އެކު މަހެއްގެ މައްޗަށް 82،500ރ. ލިބެ އެވެ.

މެންބަރުންގެ މުސާރަ އާ ގުޅޭގޮތުން މިދިޔަ ޖުލައި މަހު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސެއްގައި ގިނަ މެންބަރުން ބުނެފައިވަނީ މިހާރު ލިބޭ މުސާރަ އާއި އިނާޔަތައް ވެސް ކުޑަ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved