February 27, 2026
Advertisement
އެމެރިކާއަށް އެތެރެކުރާ ރާއްޖޭގެ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގަނީ
އެމެރިކާއަށް އެތެރެކުރާ ރާއްޖޭގެ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގަނީ / ރައީސް އޮފިސް

އެމެރިކާއަށް އެތެރެކުރާ ރާއްޖޭގެ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Apr 3, 2025, 05:19 PM
މާލެ ސިޓީ

އެމެރިކާއަށް އިމްޕޯޓު ކުރާ ރާއްޖޭގައި އުފައްދަ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގަން ހަމަޖެހިފައިވާކަން އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ.

Advertisement

ވައިޓް ހައުސްއިން ވަނީ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާނެ އާ ޓެރިފް ރޭޓުތައް އިއްޔެ އިއުލާނުކޮށްފަ އެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެއިން އެތެރެކުރާ މުދަލަށް 10 ޕަސެންޓުގެ ޓެރިފެއް ދައްކަންޖެހޭނެ އެވެ.

އާންމު ގޮތެއްގައި ރާއްޖެއިން އެމެރިކާއަށް އެތެރެކުރަނީ ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކެވެ. އެމެރިކާގެ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެ ގައުމަށް ރާއްޖެއިން 17 މިލިއަން ޑޮލަރުގެ މުދާ 2022 ގައި އިމްޕޯޓުކުރި އެވެ.

މިއީ އެމެރިކާއިން ގައުމުތަކަށް އެތެރެ ކުރާ މުދަލުން ނަގާ ޓެރިފާއި ޑިއުޓީ ފަދަ ޓެކްސްތަކަށް ރައްދު ދިނުމުގެ ގޮތުން ނިންމެވު ނިންމެވުމެއް ކަމަށް ވަނީ ޓްރަމްޕް ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved