March 9, 2026
Advertisement
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓެއް ޖައްސަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓެއް ޖައްސަނީ / މޯލްޑިވިއަން

އުމްރާއިން މީހުން އެނބުރި އަންނާތީ ފުރާ މީހުން ސަމާލުވާން އެދެފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Apr 4, 2025, 03:03 AM
މާލެ ސިޓީ

އުމްރާވެރިންނާއި އީދު ޗުއްޓީ ނިންމާފައި އަންނަ މީހުންނާއި އަނބުރާ ރަށަށް ދާ މީހުންނާއެކީ ވެލާނާ އެއާޕޯޓަށް ބާރު ބޮޑުވާނެތީ، އެއާޕޯޓަށް ދާ މީހުންނާއި ވެހިކަލްތަކުން ސަމާލުވާން އެމްއޭސީއެލް އާއި ފުލުހުން އަންގައިފި އެވެ.

Advertisement

އެމްއޭސީއެލްއިން ބުނީ ރާއްޖެއިން އުމްރާއަށް ދިޔަ ފަރާތްތައް ހުކުރު ދުވަހު މެންދުރުފަހުން ފެށިގެން ރާއްޖެ އެނބުރި އައުމަށް ހަމަޖެހިފައިވާތީ، ޕެސެންޖާ ޓްރެފިކް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެއާއެކު ސޯޝަލް މީޑިއާގައި މިރޭ ފުލުހުން ކުރި ޕޯސްޓެއްގައިވަނީ، މާދަމާއާއި ހޮނިހިރު ދުވަހު އެއާޕޯޓަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުވެ، ޓްރެފިކަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، މި ދެ ދުވަހު އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ މީހުން ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

އަދި މި ފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ދޭ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެއާޕޯޓު އެންމެ ބާރު ބޮޑު ވާނެ ކަމަށް ލަފާކުރާ ގަޑިތައް

ހުކުރު ދުވަހު - މެންދުރު 2 އިން ފެށިގެން ހަވީރު 6 އާ ދޭތެރޭގައި

ހޮނިހިރު ދުވަހު - ހަވީރު 4 އިން ފެށިގެން ހަވީރު 6 އާ ދޭތެރޭގައި

ހޯމަ ދުވަހު - މެންދުރު 2 އިން ފެށިގެން ހަވީރު 4:30 އާ ދޭތެރޭގައި

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved