ހިމަންދޫ ފަޅުތެރޭގައި މިއަދު ފަތިހު ލޯންޗެއް ރޯވެ އަނދަނީ / އެމްވީކްރައިސިސް
ހަބަރު
ހިމަންދޫ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ، އަޑިއަށް ހިނގައްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 އޭޕްރީލު 2025
މާލެ ސިޓީ

އއ. ހިމަންދޫގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ ރޭ 5:50 ކަންހާއިރު ހިނގި އެ ހާދިސާގައި އަނދާފައި ވަނީ "ކައެލް ވިންގް" ކިޔާ ލޯންޗެއްގައި ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ލޯންޗުގައި ކެޕްޓަންއާއި ދެ ކުރޫއިންގެ އިތުރުން ކުޑަކުއްޖަކު ހުރި ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ކުރޫއިންނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ނަމަވެސް މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ލޯންޗުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ފުލުހުންނާއި އެ ރަށުގެ ރައްޔިތުން ކުރި މަސައްކަތުން މިއަދު ހެނދުނު 6:26 ކަންހާއިރުއެވެ.

މި ހާދިސާގައި އެ ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ލޯންޗު ވަނީ އެ ރަށު ބަނދަރުގެ ތެރެއަށް އަޑިއަށް ގޮސްފައެވެ.

އެމްއެންޑީއެފް އަދި ފުލުހުން ރަސްމީކޮށް މި ހާދިސާގެ މައުލޫމާތު އަދި ނުދެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved