ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު / ދަ އެޑިޝަން
ހަބަރު
ފަނޑިޔާރު އަޒްމިރަލްދާއަށް ދައުލަތުގެ ވެރިން ނުފޫޒު ފޯރުވަން މަސައްކަތް ކުރި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް
Hussain Nawaf
ހުސައިން ނަވާފް
06 އޭޕްރީލު 2025

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރަށް ދައުލަތުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތް ކުރި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފިއެވެ.

އެގޮތުން ފުލުހަށް މައްސަލަ ހުށަހަޅައިފައިވަނީ މިއަދުކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް، ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެކަމަނާގެ ފަރާތުން ފުލުހަށްވަނީ އެ މައްސަލަ ހުށަހަޅައިފައިވެއެވެ.

އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކޮބައި ކަމެއް މިހާތަނަށް އޭސީސީ އާއި ޖޭއެސްސީއަކަށް ބުނެ ނުދެވެއެވެ. އަދި އޭސީސީން އަދަދު ނޫހުން އާރުޓީއައިއެއް ހުށަހެޅުމުން ވެސް އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ހާމަކުރަން ދެކޮޅު ހެދިކަންވެސްވަނީ ހާމަވެފައެވެ.

އަޒްމިރަލްދާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް އޭސީސީން ތަހުގީގު ހިންގަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ. ނަމަވެސް ކޮމިޝަނުން އެ މައްސަލަ އަކީ ބަލާ މައްސަލައެއްކަން ހާމަވެސް ނުކުރާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved