

މިފްކޯގެ ޕަބްލިކް ރިލޭޝަންސް ޑެޕިއުޓީ މެނޭޖަރުގެ މަގާމުން އިބްރާހިމް ސައީދު (ކޭޑު) ވަކިކޮށްފިއެވެ.
މަގާމުން ވަކިކުރުމާ ގުޅިގެން ހިއްސާ ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އެ މަގާމުގައި ހުރި މުއްދަތުގައި އޭނާ މަސައްކަތް ކުރެއްވީ ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ ނަމާއި ބްރޭންޑަށް އުނިކަން ނާންނާނެ ގޮތްތައް ހޯދުމަށް ކަމަށެވެ.
އަދި، އޭނާ މަސައްކަތް ކުރަމުންދިޔައީ މިފްކޯ އަކީ ދެފުށް ފެންނަ ކޮރަޕްޝަނުން ބަރީއަވެފައިވާ ކުންފުންޏަކަށް ހެދުމަށް ކަމަށްވެސް ސައީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ކޮންޓްރެކްޓު އާ ނުކޮށް ސައީދު ވަޒީފާއިން ވަކިކުރީ ވައްކަމާ ދެކޮޅަށް ވާހަކަދައްކާ ކުންފުނީގެ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރާތީ ކަމަށް އެކި މީޑިއާތަކުގައިދަނީ ރިޕޯޓު ކުރަމުންނެވެ.
އެގޮތުން އޭނާ ވަކިކުރީ ކޮރަޕްޓު ވެރިންތަކެެއް ކުންފުންޏަށް އަލުން ވައްދާ އެމީހުން ލައްވާ ކަމަށާއި އަދި އެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވުންވާ ކަމަށްވެސް ސައީދު ތުހުމުތު ކުރެއްވި އެވެ.
މިފްކޯގެ ހިންގުން ހަރަދަނާކުރަން ކޮށް އެ ކުންފުނީގެ ރިފޯމް އެޖެންޑާގެ ދަށުންކަމަށް ބުނެ ފެބްރުއަރީ މަހު އެ ކުންފުނިން ވަކިކުރި ތިން ޖެނެރަލް މެނޭޖަރަކަށް މިދިޔަ މަހު އަލުން ވަޒީފާ ދިންކަން ފާހަގަ ކުރެވެ އެވެ.