April 25, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

ފޭކް ތައުލީމީ ސަނަދުތަކުގެ މައްސަލަ ހައްލު ކުރޭ: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Apr 7, 2025, 10:10 PM

ފޭކް ތައުލީމީ ސަނަދުތަކުގެ މައްސަލަ ހައްލު ކުރުމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރި ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދިރާސީ އަހަރެއް ފެށިގެން ދާއިރު ސަރުކާރުން އިސްކަން ދޭން ޖެހޭ 3 ކަމެއް އޮތްކަމަށް އޭނާގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމާއި ސްކޫލް ނިންމުމަށް ފަހު ޢަމަލީ މައިދާނުގައި ދަސްވި ތަޢުލީމުގެ ބޭނުން ހިފޭ ގޮތަށް މުގައްރަރު ބައްޓަންކުރުން މުހިންމުކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ފޭކް ތައުލީމީ ސަނަދުތަކުގެ މައްސަލަ ހައްލު ކުރަންވެސް ޖެހޭކަަމަށް އޭނާގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

ބެލެވޭ ގޮތުގައި މަލީހު މި އިޝާރާތް ކުރައްވަނީ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނަރު އިރުތިޝާމް އާދަމްގެ މައްޗަށްކުރެވޭ ފޭކް ޕީއެޗްޑީގެ ތުހުމަތުތަކަށްކަމަށް ގަބޫލު ކުރެވެއެވެ. އެ މައްސަލަ އާއި ގުޅިގެން މަގާމުން ދުރުކޮށް އެކަމަނާގެ މައްޗަށް ޖިނާއީ ތަޙްގީގެއް ހިންގަންޖެހޭކަމަށް ބުނެ ގިނަ ރައްޔިތުންދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved