ބީއެމްއެލް / ސޯޝަލް މީޑިއާ
ހަބަރު
"ރައްޔިތުންގެ ބޭންކު"އަށް ޖަމާކުރާ ފައިސާއަށް ވާނުވާ ނޭނގިގެން ރައްޔިތުން މީސް މީޑިޔާއަށް!
07 އޭޕްރީލު 2025
މާލެ ސިޓީ

"ރައްޔިތުންގެ ބޭންކް"ގެ ނަމުގައި ހިންގާ ބޭންކު އޮފް މޯލްޑިވްސްގެ އެކައުންޓުތަކަށް ޖަމާ ކުރާ ފައިސާއަށް ވާނުވާ ނޭނގޭތީ ކަސްޓަމަރުން ކަންބޮޑުވުން ފާޅުކޮށް މީސް މީޑީޔާގައި ނުުރުހުން ފާޅުކުރަން ފަށައިފިއެވެ.

އެގޮތުން މީސް މީޑިޔާގައި ގިނަ ރައްޔިތުން ދަނީ ބީއެމްއެލުގެ ޚިދުމަތްތައް ފުރިހަމަ ނުލިބުމާ އަދި އެކައުންޓުގައި ހުންނަ ފައިސާއަށް ވާނުވާ ނޭނގި މަދުވާ މައްސަލައިގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އެގޮތުން ޒުވާނަކު މިސް މީޑިޔާއަށް ދޫކޮށްލާފައިވާ ވީޑިއޯއެއްގައި ބުނެފައި ވަނީ މި ފަހަކަށް އައިސް ބީއެމްއެލްގެ އެޕް ކުއްލިއަކަށް ޑައުންވެފައި ދެން ޚިދުމަތް ލިބޭއިރު އެކައުންޓު އެއްކޮށް ހުސްވެފައި ވެސް ހުންނަ ކަމަށެވެ. ދެން ބޭންކަށް ގުޅަން އެތައް އިރަކު ފޯނުގައި ތިބެގެން ބޭންކުގެ މުވައްޒަފަކާ ހަމައަށް ވާސިލުވުމުން ވަކި މުއްދަތެއްގެ ތެރޭގައި ރަގަޅުވާނެ ކަމަށް ނުވަތަ ރީ-އެމްބާސް ކޮށްދޭނެ ކަމަށް ބުނާ ކަމަށާ ނަމަވެސް އެ ބުނާ މުއްދަތުގައި ވެސް އެ ފައިސާ ޖަމާނުވާ ކަމާ އޭގެ ސަބަބުން އެތައް އުނދަގުލާ ކަސްޓަމަރުން ކުރިމަތިލާން ޖެހޭ ކަމަށް އެ ޒުވާނާ ބުނެފައިވެއެވެ.

މީގެ އިތުރުންވެސް މީސް މީޑިޔާގައި އެކި އެކި ފަރާތްތަކުން ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކަށް ބަލާއިރު އެކި ކަސްޓަމަރުން އަތުން އެކި އަދަދަށް ފައިސާ މަދުވެފައިވެއެވެ. އެގޮތުން 1000 ރުފިޔާއިން 1500 ރުފިޔާއިން 2000 ރުފިޔާއަށް ވުރެ ގިނަ ފައިސާވެސް ބައެއް ކަސްޓަމަރުން އަތުން މަދުވެފައި ހުރިކަން އެ ކަންބޮޑުވުންތަކުން ފެންނަން ހުއްޓެވެ.

ރައްޔިތުން ހާމަކުރާ ގޮތުގައި މިކަމުގައި ލިބޭ ގެއްލުމުގެ ޒިންމާ ބީއެމްއެލްގެ ވެރިންނާ ސަރުކާރުގެ ވެރިންވެސް ނަގަން ޖެހޭނެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ބަހެއް ހޯދާލަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved