މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ވައިޓް އެލާޓް ނެރެފައިވަނީ މެދު ރާއްޖެތެރޭ ރަށްތަކަށެވެ. އެގޮތުން ބ. އަތޮޅުން ފެށިގެން ތ. އަތޮޅު ދެމެދުގައިވާ ރަށްތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 14:30އިން ފެށިގެން މިރޭ 20:30 އާ ހަމައަށެވެ.
މި ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
Alert White for strong winds of 19 – 24 mph with rough seas. pic.twitter.com/pgxxYw23E1
— Maldives Meteorology (@MetMaldives) February 15, 2024
މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެއެވެ. އަދި އުތުރުގެ އަތޮޅުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓު އޮފީހުން މައުލޫމާތުދެއެވެ.