
ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ މައްސަލަ ދުނިޔޭގެ އިދާރާތަކުން ބެލުމަށް ގޮވާލައިފިއެވެ.
މިފަދައިން ގޮވާލައްވާފައިވަނީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރަކު މިނިވަން މުއައްސަސާއެއް ކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްއާ ދެކޮޅަށް ކޮރަޕްޝަނާ ނުފޫޒުގެ މައްސަލަތަކެއް ފުލުހުންގެ އިދާރާގައި ފައިލްކުރުމުން މުޅި ގައުމު އެކަން ސަމާލުކަމަށް ގެންނަން ޖެހޭ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ކިބައިން ފެނިވަޑައިގަންނަވަނީ އޭސީސީގެ ރައީސް ޝާމިލު އަތުލަފިކޮށްގެން ރައްކާތެރިކުރަން އުޅޭ ފަދަ މަންޒަރެް ކަމަށް ތުހުމަތުކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒުގެ ނުފޫޒު މިހާރު މަޖިލިސްގެ ވެސް ފަހަނައަޅާ ގޮސް މިނިވަން މުއައްސަސާތަކާ ހަމައަށް ވެސް ފޯރައިފި ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒު ވަނީ އެންޓި ކޮރަޕްޝާން ކޮމިޝަނާ އިލެކްޝަން ކޮމިޝަންގެ ވެސް ފުލް ކޮންޓްރޯލު ނަގާފައިކަމަށް ވިދާޅުވެ ޑރ ޖަމީލު ވަިދާޅުވީ މިހާރު ރައީސް މުއިއްޒު ގެންދަވަނީ މަޑު މަޑުން ސުޕްރީމު ކޯޓަށް ނުފޫޒު ފޯރުވުމުގެ ސިލްސިލާ ފަށައިގެން ކުރިއަށް ކަމަށެވެ.
އެހެންކަމުން ދުނިޔޭގެ ކަމާ ގުޅުން ހުރިހާ އިދާރާތައް ކަމަށްވާ ކޮމަންވެލްތު، އީޔޫ އަދި އދ. ފަދަ އިދާރާތައް ޓެގުކޮށް ޑރ ޖަމީލު ވަނީ ރައީސް މުއިއްޒު ގައުމުގައި ހުރި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ މައްސަލަ ސަމާލުކަމަށް ގެނެސް އެކަން ބެލުމަށް ގޮވާލައްވާފައެވެ.
އެމަނިކުފާނު ވަނީ ރައީސް މުއިއްޒުގެ ގާނޫނާ ޚިލާފު އެ އަމަލުތައް މާލަސްނުވަނީސް ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.










