March 18, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

ކެބިނެޓުގެ އިތުބާރު ރައީސް މުއިއްޒަށް ގެއްލިއްޖެ: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Apr 8, 2025, 10:26 PM

ކެބިނެޓުގެ އިތުބާރު ރައީސް ޑރ މުހައްމަދު މުއިއްޒަށް ގެއްލިއްޖެކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހުގެ ޕޯސްޓުގައި މިއަދު ތަރައްޤީގެ މަޝްރޫއެއް އެއްވެސް ރަށެއްގައި ނުހިންގާކަމަށް ފާހަގަ ކުރެއްވިއެވެ.

އަދި މިއަދު ރައީސް މުއިއްޒު ދައުލަތުގެ ބަޖެޓު ހުސްކުރާ ގޮތުގެ ވާހަކަ ޓެކްސްޓް ފޮތް ތަކުގަ ލިޔަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ފޮރިން މިނިސްޓްރީއިން ފިނޭންސްެއަށް މިނިސްޓަރ މޫސާ ޒަމީރު ބަދަލުކުރި ފަހުން އެއްވެސް ހިލަމެއް ނުވާކަމަށްވެސް މަލީހުގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މިއަދު ކެބިނެޓުގެ އިތުބާރުވެސް ރައީސް މުއިއްޒަށް ގެއްލިފައިވާކަމަށް އޭނަ ވިދާޅުވިއެވެ.

ފުރަތަމަ 10 ހަފްތާގެ ތެރޭގައި ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމެނޭހެން ނެރުނު ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައި މިދިޔަ އަހަރުގެ ފުރަތަމަ 10 ހަފްތާގެ ނިޔަލަށް ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 922.7 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 576.5 މިލިއަން ރުފިޔާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްތަކުންވަނީ ހާމަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved