April 24, 2026
Advertisement
ރައިސިންގ ބާރަތު ސަމިޓުގައި މާރިޔާ ވާހަކަ ދައްކަވަނީ
ރައިސިންގ ބާރަތު ސަމިޓުގައި މާރިޔާ ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ހައްދުފަހަނަ އެޅި ނަރެންދްރާ މޯދީވަރުގެ ވެރިއަކު ނެތްކަމަށް މާރިޔާ ވިދާޅުވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Apr 9, 2025, 08:56 PM

ހައްދުފަހަނަ އެޅި ނަރެންދްރާ މޯދީވަރުގެ ވެރިއަކު ނެތްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

Advertisement

މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ނިއުސް 18 އިން ކުރިއަށް ގެންދާ ރައިސިންގ ބާރަތު ސަމިޓުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާވަނީ ސައުތު އޭޝިއާ ރީޖަންގައި ހުރި އެކަމަނާއަށް އެންމެ ކަމުދާ ވެރިއަކީ އިންޑިއާގެ ޕްރައިމް މިނިސްޓަރު މޯދީކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖެއަށް އެންމެ ފައިދާ ބޮޑީ ޗައިނާއަށް ވުރެއް އިންޑިއާ އާއި އެކު ކުރިއަށް ދިއުންކަމަށްވެސް އެކަމަނާވަނީ ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައެވެ.

މޯދީ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ފަހު ހިންދޫ ވިޖިލާންޓޭ މޮބްތަކުން މުޅި ގައުމުގައި މުސްލިމުންގެ އެތައް ސަތޭކަ ބަޔަކު ލިންޗް ކޮށް ޝަހީދުކޮށްލިކަން ފާހަގަ ކުރެވެއެވެ. ބީޖޭޕީން ހަރުކަށި ގާނޫނުތަކެއް ހެދުމުން ގެރިއެއް މަރާލި މައްސަލައިގައި 10 އަހަރާ ހަމައަށް ޖަލު ހުކުމް އިއްވައި، ސަގާފީ ގޮތުން ގެރީގެ ވިޔަފާރިކުރާ އެތައް މިލިއަން މުސްލިމް ގޭބިސީތަކަށް ނޭދެވޭ އަސަރުތަކެއް ކުރިއެވެ.

މީގެ އިތުރުން މޯދީ އަކީ މުސްލިމުންނާއި ދެކޮޅަށް ގިނަ ނޭއްގާނީ އަމަލެއް ހިނގާފައިވާ ވެރިއެއްކަން ފާހަގަކޮށްލެވެއެވެ. އަދި ސަހްޔޫނީންނާއިވެސް ގާތް ގުޅުމެއް މޯދީގެ އިންޑިއާއިން ބާއްވަމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved