April 25, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ޒައާމަތުގައި ކުރެއްވި ރިޔާސީ ހުރިހާ ދަތުރުފުޅުތަކަކީ ގައުމަށް ޕްރޮޖެކްޓްތަކަކާއި އިންވެސްޓްމަންޓް ގެނުވި ދަތުރުފުޅުތަކެއް: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Apr 11, 2025, 03:14 AM

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ކުރެއްވި ރިޔާސީ ހުރިހާ ދަތުރުފުޅުތަކަކީ ގައުމަށް އެތައް ބައިވަރު ޕްރޮޖެކްޓްތަކަކާއި އިންވެސްޓްމަންޓް ގެނުވި ދަތުރުފުޅުތަކެއް ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީންގެ ހުރިހާ ދަތުރުފުޅެއްގައި ގައުމަށް ތިޔާގިކަން ވަންނަކަމާއި އެމަނިކުފާނުގެ 5 އަހަރުގެ ޒައާމަތުގެ ނުކުރާހާ ގިނަ ދަތުރުފުޅެއް 17 މަސް ދުވަހުގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވައިފިކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ދަތުރުފުޅުތަކުން ގައުމަށް ތިޔާގިކަން ނުވަންނަކަމާއި އިތުރުވަނީ ހަރަދުކަމަށް ވިދާޅުވެ މަލީހުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ޔާމީންގެ ހުރިހާ ދަތުރުފުޅުތަކަކީ ހައި އިމްޕެކްޓް، އޭގެ މާނައަކީ ކޮންމެ ދަތުރަކުންވެސް ގައުމަށް އެތައް ބައިވަރު ޕްރޮޖެކްޓްތަކަކާއި އިންވެސްޓްމަންޓް ގެނުވި، ރައްޔިތުންނާއި ގުޅުން ހުރި އެތަކެއް ކަންތަކެއް. ބްރިޖުކަމުގައި ވީ ނަމަވެސް ހައުސިންގ މަޝްރޫއުތައް ކަމުގައި ވީ ނަމަވެސް ވަރަށް ގިނަ ލާރިތަކެއް ގައުމަށް ވަދޭ. ރައީސް މުއިއްޒު ވޭތުވެދިޔަ 17 މަސް ދުވަހުގެ ތެރޭގައި މި ކުރި 18 ދަތުރުން ގައުމަށް ވަނީ ކިހާ ފައިސާއެއްތޯ؟

މަލީހު

މިއަދު ރާއްޖޭގައި އެއްވެސް މަޝްރޫއުއެއް ނުހިނގާ ކަމާއި ގައުމުގެ އިގްތިސާދު އޮތީ ފުލް ސްޓޮޕެއްގައިކަމަށް މަލީހު ވިދާޅުވިއެވެ. އަދި އިންފްލޭޝަން ބޮޑުވެ ރާއްޖޭގެ ގިނަ އަދަދެއްގެ ފިހާރަަތައްވެސް އޮތީ ބަންދު ކުރަން ޖެހޭ ހާލުގައިކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ދައުލަތުގެ ބަޖެޓު އޮތީ ރައީސް މުއިއްޒުގައި ޖީބުގައި ކަމާއި ދައުލަތުގެ 3 ބާރުވެސް އޮތީ އެމަނިކުފާނުގެ ޖީބުގައިކަމަށް ތުހުމަތު ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved