March 19, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މަޖިލިސް މެމްބަރުންނާ ގުޅިގެން ސަލީމު ދެއްކެވި ވާހަކައަށް ރައީސް ޔާމީން ތާއީދުކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 11, 2025, 03:52 AM
މާލެ ސިޓީ

ރާއްޖެ އިސްލާހު ކުރުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަތްމަތީގައި ކަމަށާއި އެ މެމްބަރުންގެ އެ ހިތްވަރު ނެތް ނަމަ ގައުމު އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމު) ވިދާޅުވި ވިދާޅުވުމަށް ތާއީދުކުރައްވާ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަަވައިފިއެވެ.

Advertisement

ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގެ ނިޒާމުތައް ފެއިލްވެފައި އޮތުމުން އޭގެ ޒިންމާ ނަގަން ޖެހޭ އޮތީ ދެ ފަރާތެއް ކަމަށާ އެގޮތުން ރައްޔިތުންގެ މަޖިލީހަކީ އޭގެ ތެރެއިން އެންމެ މުހިއްމު އެއް ފަރާތްކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅުވާ އެ މަޖިލީހުގެ ސީނިއަރ މެމްބަރެއް ކަމަށްވާ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ދެއްކެވީ ރަގަޅު ހުރި ވާހަކައެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަންތައްތައް ހަމަ މަގަށް އަޅުވަން ހުރިހާ ޒިންމާއެއް ނަގަން ޖެހޭ ބަޔަކީ މަޖިލިސް މެމްބަރުން ކަމަށް ސަލީމު ވިދާޅުވީ ރަގަޅަށް ކަމަށާ އެހެންކަމުން ރާއްޖެ ހަމަ މަގުން ބީވެގެން ދާ ދިއުމުގެ ހުރިހާ ޒިންމާއެއް މަޖިލިސް މެމްބަރުން ނަގަން ޖެހޭ ކަމަށެވެ.

ގައުމު ހަމަ މަގުން ނެއްޓި ވަމުންދާ ހުރިހާ ގެއްލުމަކާ ލިބެމުންދާ ހުރިހާ ބަދުނާމެއްގެ ޒިންމާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ނަގަން ޖެހޭ. އޭގެ ޒިންމާ 100 ޕަސަންޓު ޒިންމާ ނަގަން ޖެހޭ ބަޔަކީ މަޖިލިސް މެމްބަރުން.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މަޖިލިސް މެމްބަރުން ފަންކްޝަން ނުކުރާކަމުގެ އެއް ހެއްކަކީ ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ގާނޫނާ ޚިލާފުވަމުންދާ އިރުވެސް އަޒަލު ނުކޮށް ތިބޭ ތިބުމަކީ މަޖިލިސް މެމްބަރުން ފެއިލްވެފައިވާކަމުގެ އެންމެ ބޮޑު ހެކި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved