March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ސުޕްރީމް ކޯޓު އޮތީ އެއްވެސް ދުސްތޫރީ މައްސަލައެއް ނުބެލޭނެހެން ޕެރެލައިޒްކޮށްލައި: ރައީސް ޔާމީން

Hussain Nawaf
ހުސައިން ނަވާފް
Apr 11, 2025, 05:39 PM

ސުޕްރީމް ކޯޓު އޮތީ އެއްވެސް ދުސްތޫރީ މައްސަލައެއް ނުބެލޭނެހެން ޕެރެލައިޒްކޮށްލައިފައިކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލަތައް ބެލުމަށްޓަކައި ގެންގުޅޭ އާންމު އުސޫލަކީ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުން އެ މައްސަލަ ބެލުންކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. އަދި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ ސަބަބުން މިއަދު އެފަދަ މައްސަލަތަކެއް ނުބެލޭކަމަށް ވިދާޅުވެ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ފަނޑިޔާރުން އަޒްމިރަލްދާ އާއި މަހާޒްފަދަ ބޭފުޅުންގެ މައްސަލަތައް ނަގައިގެން ދައުލަތުން ކުރިއަށް ދާ އިރު ހަގީގަތުގައިވެސް އެ މީހުންގެ މައްސަލައެއް އޮތް ނަމަ ކީއްވެތޯ އެ މައްސަލަ 48 ގަޑި އިރުގެ ތެރޭގައި ނިންމާ ނުލެވެނީ؟ ކޮން ދުވަހެއްތޯ އެބޭފުޅުން ވާނުވާގައި ތިބޭތާ؟ މިކުރަން އުޅޭ ކަމަކީ މުއިއްޒުއަށް އިނގޭ އެ މައްސަލަ ނިމޭނީ އޭނާ އާއި އިދިކޮޅަށްކަން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒުލުގައި ޖަނަވާރުންހެން ނުގެންގުޅެވޭނެ.

ރައީސް ޔާމީން

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާ އިރު ސުޕްރީމް ކޯޓުން 3 ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved