ޒަކިއްޔާގެ ހަށިގަނޑު ނަގައިގެން ޕޯސްޓު މޯޓާމް ހަދަން އެދިއްޖެ / ސޯޝަލް މީޑިއާ
ހަބަރު
ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މިއަދު އިހްތިޖާޖެއް
Hussain Nawaf
ހުސައިން ނަވާފް
11 އޭޕްރީލު 2025

ޒަކިއްޔާ މޫސާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އިހްތިޖާޖް ކުރާނެކަމަށް ނ ހޮޅުދޫގެ ރައްޔިތުން ހާމަކޮށްފިއެވެ.


ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ސައިކަލު ބުރެއް ކޮންމެ ހުކުރު ދުވަހެއްގައި ހަވީރު 5:15ގައި އޮންނާނެކަމަށް ހާމަވެފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން އެ ރަށުގެ ރައްޔިތުން ގެންދަނީ ކެނޑި ނޭޅި އިހުތިޖާޖު ކުރަމުންކަން ފާހަގަކޮށްލެވެ އެވެ. އެެ ހާދިސާއަށް 5 މަސް ވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

ސިޔާސީ ނުފޫޒުން އެކަހެރިވުމަށްފަހު ރަނގަޅު ތަހުގީގެއް ކުރިއަށް ގެންދިއުމަށް އެ ރައްޔިތުންދަނީ ކެނޑި ނޭޅި ގޮވާލަމުންނެވެ. މީގެ އިތުރުން ޒަކިއްޔާގެ މަރާއި ގުޅިގެން މަރާލިކަމަށް ޝައްކު ކުރެވޭ މީހާ ހައްޔަރު ކުރުމަށްވެސް ގޮވާލަމުންކަން ފާހަގަކޮށްލެވެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ އިހުމާލެ އެބަ އޮތްކަމަށް ހޯމްލޭންޑް ސެކުއިރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އިއުތިރާފުވެވަޑައިގެންފައިކަން ފާހަގަކޮށްލެވެ އެވެ.

އަދި މި މައްސަލަައިގެ ތަހުގީގު ލަސްވެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ މައްސަލައެއް ބަލައިނުގަނެ ވަނީ ބޭރުކޮށްލައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved