
ހުސް ގޮނޑިން ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ޑރ މުހައްމަދު މުއިއްޒަށް ނެތްކަމަށް ރައީސް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފުގެ އިސް ސަފުގައި ހަރަކާތްތެރިވަމުންގެންދާ އަހްމަދު މުހައްމަދު ވަހީދު ވައްޑެ ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ލިވަޕޫލް ފުޓުބޯޅަ ކްލަބުން ޕޯސްޓު ކުރި ހުސްގޮނޑިއެއްގެ ފޮޓޯވެސްވަނީ ރިޓްވީޓްކޮށްފައެވެ.
އެގޮތުން ލިވަޕޫލްގައިވެސް ރައީސް މުއިއްޒުއަށް އެންމެ ހައްގު ޖަވާބު ދޭން ރަނގަޅީ ހަމަ އެ ހުސްގޮނޑިކަމަށް ވައްޑެ ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު ބޭނުން ކުރައްވައި އެ ހުސްގޮނޑި ދެއްކުމަށްފަހުކަމަށް ވައްޑެ ފާހަގަ ކުރެއްވިއެވެ.
އަދި ވެރިކަން ލިބުމުން 3 ބާރު އަތަން މަހާލައި ހިތު ހުރިގޮތަކަށް ކަންކަން ކުރިޔަސް ރައީސް މުއިއްޒަށް މިހަގީގަތް ބަދަލެއް ނުކުރެވޭނެކަމަށް ވައްޑެ ވިދާޅުވިއެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުވަނީ ލިވަޕޫލާއެކު ރާއްޖެ އިޝްތިހާރު ކުރުމަށް އެއްބަސްވުމެއް ވެފައެވެ. އެމަނިކުފާނު ލިވަޕޫލް ކްލަބަށް މި މަހުގެ ކުރީ ކޮޅު ޒިޔާރަތް ކުރި އިރު އެ ކްލަބުން ރައީސް މުއިއްޒަށް އެއްވެސް ކަހަލަ ސަމާލުކަމެއް ނުދިންކަންވަނީ ހާމަވެފައެވެ.










