ޝައިޚް ފަޒްލޫން / ސޯޝަލް މީޑިއާ
ހަބަރު
ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ސަރުކާރުން ދައްކާ ވާހަކަތައް ޝައިޚު ފަޒްލޫނުގެ ޓްވީޓަކުން!
Mariyam Isaadha
މަރިޔަމް އިސާދާ
11 އޭޕްރީލު 2025
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ސަރުކާރުން ދައްކާ ވާހަކަތައް ހިއްސާކުރައްވާ އައްޝައިޚު ފަޒްލޫނު މުހައްމަދު ޓްވީޓުކުރައްވައިފިއެވެ.

ޝައިޚު ވިދާޅުވެފައިވަނީ ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ގެންދަނީ ތަފާތު ވާހަކަ ދައްކާ ބަހަނާ ދައްކަމުން ކަމަށާ އެ ވާހަކަތައް ދިވެހި ރައްޔިތުން ވެސް ވީހާވެސް ގިނައިން ޝެއަރކުރަން އެދިވަޑައިގެންފައެވެ.

އެގޮތުން ޝައިޚު ވަނީ 2 ޖޫން 2024ގައި ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރާނެ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމި ކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން 10 ޖޫން 2024ގައި ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމުގެ ބިލު 241 ކޮމިޓީއަށް ފޮނުވި ކަމާ އޭގެ ފަހުން ނޮވެމްބަރު 12 2024 ގައި ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރާ ބިލު 2025 ވަނަ އަހަރުގެ ފެބުރުއަރީއަށް ނިންމަން ކޮމެޓީއިން ފާސްކުރިކަން ވެސް ހިއްސާކުރައްވާފައިވެއެވެ.

އޭގެ އިތުރުން ނޮވެމްބަރާ 24 2024 ގައި ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް އަވަސްކުރަން ކޮމެޓީއިން ނިންމި ކަމާ ޑިސެމްބަރ 15 2024ގައި މަޖިލިސް ރިސެސްއަށް ދާނީ އިޒުރޭލު ޕާސްޕޯޓު ބިލާމެދު ގޮތެއް ނިންމާފައި ކަމަށް މަޖިލީހުން ހާމަކުރިކަން ވެސް ޝައިޚު ފާހަގަކުރައްވާފައިވެއެވެ. ހަމަ އެހެންމެ 2025 10 މާރިޗްގައި ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރެވޭނީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުން ކަމަށް ސަރުކާރުން ހާމަކުރި ކުރުން ވެސް ޝައިޚު ފަޒްލޫނު ވަނީ ސަމާލުކަމަށް ގެނެސްފައެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި ޝައިޚު ހިއްސާކޮށްފައި އެވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމުގައި އަދުގެ ސަރުކާރުން ގެންގުޅޭ އިޔަހޫދީ ސަިޔާސަތުގެ މައްޗަށެވެ.

ދިވެހި ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ބަހަނާ ދައްކަމުން 300 ދުވަސް ފާއިތުކޮށްފައިވާއިރު، ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒަށް، ސަހްޔޫނީންގެ ޖައްބާރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ފޯނުން ގުޅާ އެކަމަށް ޝުކުރު އަދާކޮށްފައިވާ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. އަދި އޭގެ ބަދަލުގައި ނަތަންޔާހޫ ވަނީ އޭނާގެ ޒައެނިސްޓް ސަރުކާރުން ރާއްޖެއަށް މެދުއިރުމަތީ ގައުމެއް މެދުވެރިކޮށް އެހީ ދޭން އެއްބަސްވެފައިކަމަށް ވެސް އަޑުގަދަވެފައިވެއެވެ. މިކަން ދިވެހި ސަރުކާރުން ދޮގުކޮށްފައިވެސް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved