ރައީސް މުއިއްޒު / މިހާރު
ސިޔާސީ
ވާނުވާ ބަންދާ ގުޅިގެން މުއިއްޒުގެ ހިތުގައި އިޚްލާސްތެރިކަމެއް ނެތް: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
12 އޭޕްރީލު 2025
މާލެ ސިޓީ

ޝަރިއަތް ނިމެންދެން ބަންދުކުރާ ކުރުން ނުވަތަ ވާނުވާ ބަންދާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒުގެ ހިތުގައި އިޚްލާސްތެރިކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، 15 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މީހެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުންނަށް ޕީޖީ އޮފީހަށް ނުފޮނުވިއްޖެ ނަމަ އޭގެއިން ހާމަވަނީ، އެމީހެއްގެ މައްޗަށް ކޭސް އެއް ނެތްކަން ކަމަށެވެ. ނަމަވެސް ގިނަ ފަހަރު ފުލުހުންނަށް ގާނޫނުން ލިބިފައި އޮންނަ މުއްދަތު ހަމަވުމުން ފަނޑިޔާރުންނާ ހަމައަށް އެމީހަކު ޙާޒިރުކުރުމުން ފަނޑިޔާރުން އެމީހަކަށް އިތުރަށް މުއްދަތު ޖަހައިދެނީ ގާނޫނީ ހަމަތަކާ ދެކޮޅަށް ކަމަށް ބެލުމުގެ ފުރުސަތު އޮންނަ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ވާނުވާ ބަންދު އުވާލާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެކަމުގައި އެމަނިކުފާނުގެ އިޚްލާސްތެރި ނިޔަތެއް ނެތް ކަމަށެވެ. އެކަމުގައި ގަނޑު ބަލައިގެން ދެއްކި ވާހަކައިގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އިޚްލާސްތެރިކަމެއް ހުރި ނަމަ ވެރިކަމަށް 17 މަސް ވެގެން ދިޔައިރު ވާނުވާ ބަންދު އުވާލަން ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން މިހާރު އޮންނާނީ ކޮށް ނިންމާފައިކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ފަނޑިޔާރުންނަކީ އެ މީހުންގެ މައްޗަށް އޮތް އިތުބާރު ނަގާލައި، ރައްޔިތުންގެ މައްޗަށް ވާނުވާ ބަންދު ޖަހާ މީހުން ކަމަށާއި، މިއަދު ވާނުވާ ބަންދެއްގައި ތިބެން ޖެހުނީ ފަނޑިޔާރުންނަށް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved