މަލީހް ޖަމާލް / ސޯޝަލް މީޑިއާ
ސިޔާސީ
ގައުމުގެ އިގްތިސޯދު އޮތީ ފުލް ސްޓޮޕެއްގައި: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
12 އޭޕްރީލު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގްތިސޯދު އޮތީ ފުލް ސްޓޮޕެއްގައި ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް 17 މަސްވެގެން ދިޔައިރު ގައުމަށް ވަތް ބޭރުގެ އިންވެސްޓްމަންޓެއް ލިބުނު ޕްރޮޖެކްޓެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ދަތުރުތަކަށް މެދުކެނޑުމެއް ނާންނަ ކަމަށާ ނަތީޖާ ސުމެއް ކަމަށެވެ.

ރައީސް މުއިއްޒު ވޭތުވެދިޔަ 17 މަސް ދުވަހުގެ ތެރޭގައި މި ކުރި 18 ދަތުރުން ގައުމަށް ވަނީ ކިހާ ފައިސާއެއްތޯ؟ މިއަދު ރާއްޖޭގައި އެއްވެސް މަޝްރޫއުއެއް ނުހިނގާ. ގައުމުގެ އިގްތިސާދު އޮތީ ފުލް ސްޓޮޕެއްގައި. އިންފްލޭޝަން ބޮޑުވެ ރާއްޖޭގެ ގިނަ އަދަދެއްގެ ފިހާރަަތައްވެސް އޮތީ ބަންދު ކުރަން ޖެހޭ ހާލަތުގައި. ދައުލަތުގެ ބަޖެޓު އޮތީ ރައީސް މުއިއްޒުގައި ޖީބުގައި. ދައުލަތުގެ 3 ބާރުވެސް އޮތީ އެމަނިކުފާނުގެ ޖީބުގައި.

- މަލީހު

އޭގެ ބަދަލުގައި މަލީހު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި އެމަނިކުފާނު ގައުމުން ބޭރަށް ކުރެއްވި ކޮންމެ ރަސްމީ ދަތުރުފުޅެއްގައި ގައުމަށް ފައިދާހުރި އިންވެސްޓްމަންޓްތަކާ ޕްރޮޖެކްޓުތައް އެތެރެކުރެއްވިކަން ފާހަގަކުރައްވާ ދައުލަތުގެ ޚަރަދުގައި ދަތުރުކުރުމުގެ ބޭނުމަކީ އެއީކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved