
ރައީސް ޑރ މުހައްމަދު މުއިއްޒު ކެއުމަށް ފެންސީ ކެއުންތައް ބައްލަވާއިރު ރާއްޖެ އޮތް ނިކަމެތި ހާލަތާއި މެދު ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ކަންބޮޑުވުން ފާޅު ކުރައްވާފިއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ތޭރަ އޮންލައިނުން ޝާއިރު ކުރި "މިވަރުން ޚަރަދު ކުޑަކުރެވޭތަ؟ ރައީސް މީހާ ކޭން ބައްލަވަނީ ވެސް ގެރި މަހާ ޑިނގާއާ ކަންބަޅި މަސް، އެންމެ ދުވަހަކަށް 9.000 ރުފިޔާ" ހަބަރު ހިއްސާކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، އެ ހަބަރު އަޑު އިވުމުން އެތަކެއް އުނދަގޫތަކެއްވެ ސިހުން ގެނުވިކަމަށެވެ.
ރައީސް މުއިއްޒަކީ އެކަނިވެރި ބައްޕައަކު ތަރުބިއްޔަތުކޮށް، ޚަރަދުކުޑަކޮށް ބޮޑުވި ބޭފުޅެއްކަން ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ. ކާބޯތަކެތީގެ އެންމެ ޕާރުސަލެއް ވެސް ރައީސް މުއިއްޒާއި ބައްޕާފުޅުގެ މެދުގައި ހިއްސާކޮށްގެން ކައިގެން އުޅުނުކަމަށް ވިދާޅުވިއެވެ.
އަދި ރައީސް މުހައްމަދު މުއިއްޒުއަށް ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ފެންސީ ކެއުންތަކަށް ބޭކާރު ކުރުމުގެ ހިތްވަރު ލިބިފައިވާއިރު ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ކަންބޮޑުވާ މިންވަރުގައިކަމަށް ޑރ ޖަމީލްގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ.










