March 10, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

މިއީ ސިޔާސަތު ކަނޑުކޮސްވެފައިވާ ސަރުކާރެއް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 15, 2025, 12:22 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ސިޔާސަތު ކަނޑުކޮސްވެފައިވާ ސަރުކާރެއް ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ސަރުކާރަކީ އެއްވެސް އޮއްޓަރެއް ހުރި ނިންމުން ނިންމާ ސަރުކާރެއް ނޫންކަން ހާމަކޮށް މަލީހު ވަނީ މި ސަރުކާރުން ނިންމާފައި ހުރި ބައެއް ނިންމުންތަކަށް ނަޒަރު ހިންގަވާލައްވާފައެވެ.

އެގޮތުން ބުރަފަތި ހަރުކޮށްގެން ދޯނި ދުއްވުން މަނާކުރުމާ ވޭޕް މަނާކުރުމާ ވަކި އުމުރުފުރައަކަށް ސިނގިރެޓް މަނާކުރުމާ 60 އަހަރުން މަތި ވީމާ ޚާއްސަ ލައިސަންސެއް އޮންނަން ޖެހުމާ މަނާވުމާ ވަކި މުއައްދަތެއް ހަމަވެފައިވާ އެއްގަމު އިންޖީނުލީ ދުއްވާތަކެތީގެ ތެރޭގައި ހިމެނޭ ސައިކަލާ ކާރު އެތެރެކުރުން މަނާކުރުމާ މެމްބަރުން ފްލޯ ކްރޮސްކޮށް ގާނޫނެއް ފާސްކުރުން ފަދަ ކަންކަން ފާހަކުރައްވާފައިވެއެވެ.

މަލީހު ޕޯސްޓު ނިންމަވާލައްވަމުން ވަނި ނަމަވެސް އެކަންކަމަކީ ޤާނޫނު އަސާސީގައި ޤާނޫނަކުން މަނާނުކުރާހާ ހިނދަކު ހުއްދަކޮށްފައި ކުރިން ހުރި ކަންކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved