މާލޭގެ މޭޔަރ އާދަމް އާޒިމް / ތޭރަ އޮންލައިން
ސިޔާސީ
އަދުގެ ސަރުކާރުން ގެންދަނީ މާދަމާގެ ކުދިންގެ ޖީބުން ހޭދަ ކުރަމުން: މޭޔަރު އާޒިމް
Mariyam Isaadha
މަރިޔަމް އިސާދާ
15 އޭޕްރީލު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ އަންނަން އޮތް ޖީލުތަކުގެ ޖީބުން ޚަރަދުކޮށް ގައުމު ދަރުވަމުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ޗެނަލް13ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވި އަދުގެ ސަރުކާރުގައި ހަރުދަނާ އެއްވެސް ސިޔާސަތެއް ނެތް ކަމަށާ ފެންނަމުން ދަނީ ލިބޭ އާމްދަނީއަށް ވުރެ ޚަރަދު ބޮޑުވެގެންދާ މަންޒަރު ކަމަށެވެ.

އާޒިމް ވިދާޅުވީ ގައުމެއް ހިންގަން ޖެހޭނީ ގައުމަށް ލިބޭ އާމްދަނީ އަކަށް ބަލައިގެން ކަމަށާ ގައުމަށް ލިބޭ އާމްދަނީއަށް ވުރެ ޚަރަދު އިތުރުކޮށްގެން ގައުމު ހިންގާނަމަ ސިޔާސަތު އެ ވަނީ ފެއިލްވެފައި ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިއަދު ފެންނަމުން ދަނީ ލިބޭ އާމްދަނީއަށް ނުބަލާ ޚަރަދުކުރަމުންދާ މަންޒަރު ކަމަށާ އެ ޚަރަދުކުރަނީ މާދަމާގެ ދަރިންގެ ޖީބުން ކަމަށެވެ. އެހެންކަމުން މާދަމާ ދަރީންގެ ޖީބުގައި އެއްވެސް ފައިސާއެއް ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ނުހުންނާނެ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ސިޔާސަތަކީ އެ ދުވަހެއްގެ ހެނދުނު ރައީސް ހޭލާފައި ހިތަށް އަރާ ގޮތް ކަމަށް ވެނިމިފައިވާ ކަމަށް ވިދާޅުވެ އާޒިމް ވަނީ ކަން ދެއްކުމުގެ ސިޔާސަތެއް ރައީސް މުއިއްޒު ގެންގުޅުއްވާ ކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved