March 16, 2026
Advertisement
ހައްގުތައް ހޯދުމުގައި ފުރަތަމަ ކަމަކީ އަމިއްލަ ޒިންމާ އަދާކުރުން ކަމަށް ފަސްޓް ލޭޑީ ސާޖިދާ ވަނީ އެދިފަ
ހައްގުތައް ހޯދުމުގައި ފުރަތަމަ ކަމަކީ އަމިއްލަ ޒިންމާ އަދާކުރުން ކަމަށް ފަސްޓް ލޭޑީ ސާޖިދާ ވަނީ އެދިފަ / ރައީސް އޮފިސް

ހައްގުތައް ހޯދުމަށް ރައްޔިތުން އަމިއްލަ ޒިންމާ އަދާކުރަން ސާޖިދާ އެދިއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Apr 16, 2025, 08:56 PM
މާލެ ސިޓީ

ހައްގުތައް ހޯދުމަށް ރައްޔިތުން އަމިއްލަ ޒިންމާ އަދާކުރަން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެދިއްޖެ އެވެ.

Advertisement

އެކަމަނާ މިހެން ވިދާޅުވީ ރޭ އޮތް އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓްލޭޑީ ވިދާޅުވި ގޮތުގައި، ހާސިލުވާ ހައްގުތަކަކީ ވެސް ޒިންމާ އަދާކުރުމުގެ ނަތީޖާ އެވެ. އެކަމަކީ އޭގެ ބަދަލުގައި ލިބޭ އުފަލެއް ކަމަށް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ވިދާޅުވީ މަގުމަތީގެ އަމަންއަމާންކަމުގެ ހައްގު ލިބެނީ މަގުމަތީގެ އަދަބުތަކާއި އުސޫލުތަކަށް ކިޔަމަންތެރިވުމުން ކަމަށާއި ނޭވާލާން ސާފު ވެއްޓެއް އޮތުމުގެ ހައްގު ލިބެނީ ވެށި ސާފުކޮށް ބެލެހެއްޓުމުން ކަމަށެވެ.

ފަސްޓްލޭޑީ ވިދާޅުވީ ސަލާމަތް ސިއްހަތެއްގެ ހައްގު ލިބެނީ އަމިއްލަ ސިއްހަތާއި އެހެން މީހުންގެ ސިއްހަތަށްޓަކައި އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުން ކަމަށެވެ.

އެހެންކަމުން ހައްގުތައް ލިބިގަތުމުގައި ފުރަތަމަކަމަކީ އަމިއްލަ ޒިންމާ އަދާކުރުން. ފަރުދީ ޒިންމާ އަދި އިޖުތިމާއީ ޒިންމާ، ޖަމާއަތުގެ ފެންވަރުގައި އަދާކުރާ ޒިންމާ،

ފަސްޓްލޭޑީ

ގުޅިގެން މަސައްކަތްކުރުމާއި ރަށްރަށް ބިނާކުރުމުގެ އިތުރުން ދިވެހިންނަކީ ދުނިޔެއަށް ވެސް ނަމޫނާ ދެއްކި ބައެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved