ރައީސް ޔާމީން އަރިހުގައި ރައީސް މުއިއްޒު / އަވަސް
ސިޔާސީ
ދިވެހިރާއްޖޭގެ އިގްތިސޯދު އޮތީ ސައި ފުރޭންޏަކަށްވުރެ ހާލު ބޮޑުކޮށް: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
16 އޭޕްރީލު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގްތިސޯދު އޮތީ ސައި ފުރޭންޏަކަށްވުރެ ހާލު ބޮޑުކޮށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، 2013 އިން 2018އަށް ދިވެހިރާއްޖެއަށް ކޮންޓްރެކްޓަރ ފައިނޭންސްގެ ތެރެއިން ބޮޑެތި ތަރައްގީއާ ޕީއެސްއައިޕީތައް ގެނެވުނީ އޭރުގެ އިގްތިސޯދީ ހާލަތު ރަގަޅުވެ އިގްތިސޯދުގައި ހަކަތަ ހުރުމުން ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު އޮތީ އެހެން ނޫން ކަމަށާ ރާއްޖެއަށް ފައިސާ އުފެއްދޭނެ ގޮތެއްވެސް ނުހޯދޭ ކަމަށާ ހަމައެކަނި އޮތް ވަސީލަތަކީ ޓެކްސް ނެގުން ކަމަށްވާއިރު އެކަން ވެސް އޮތީ އޮތް މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސްގައި ކަންކުރަނީ އިގްތިސޯދަށް ވައިބްރޭންސެއް އައިސްގެން ކަމަށެވެ.

އެހެންކަމުން މިއީ ރާއްޖެއަށް ކޮންޓްރެކްޓަރ ފައިނޭންސް ވެއްދޭނެ ވަގުތެއް ނޫން ކަމަށާ ރާއްޖޭގެ އިގްތިސޯދުގައި އެ ހަކަތައާ ވަރު ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ރާއްޖޭގެ އިގްތިސޯދު ރަގަޅުވެ ކުރިއަރަންދެން އެކަންކަން މަޑު ޖެއްސުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ގައުމުގެ ކްރެޑިޓު ރޭޓިންވެސް އޮތީ ދަށްކޮށްކަން ވެސް ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ އެހެން މީހުންގެ އަޑު އައްސަވާ ދޭ ލަފާ ގަބޫލުކުރައްވާ ބޭފުޅެއް ނޫން ކަމަށާ އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ފައިސާ ހޯދައިގެން މަގާމު ދިފާއުކުރެއްވުމަށް އެ ފައިސާ ޚަރަދުކުރެއްވުމަށް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved