April 4, 2026
Advertisement
މުހައްމަދު މައިޒަރު އާދަމް
މުހައްމަދު މައިޒަރު އާދަމް / ޝަފްރާޒް | ތޭރަ އިމޭޖްސް

ސަރުކާރަށް ޖެއްސުންކުރާކަށް އަޅުގަނޑުމެން ގާތު ރައީސް ޔާމީނެއް ނާންގާނެ: މައިޒަރު

Aishath Naja
އައިޝަތު ނަޖާ
Feb 16, 2024, 04:23 AM

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޒުވާނުން ހޮވައިގެން އަދުގެ ސަރުކާރަށް ޖެއްސުން ކުރާކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނާންގާނެ ކަމަށް އެމަނިކުފާނުގެ ޕާޓީގެ ފަރާތުން މަޖިލީހުގެ މާފަންނު މެދު ދާއިރާއަށް ކުރިމަތިލައްވާ މުހައްމަދު މައިޒަރު އާދަމް ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހު ޕީއެންއެފްގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައިޒަރު ވަނީ ޒުވާނުން މިފަހަރު ރައީސް ޔާމީންގެ ޕާޓީގެ ފަރާތުން މަޖިލީހަށް ނިކުންނަން ޖެހެނީ ކޮން ސަބަބަކާ ގުޅިގެން ކަން ސާފުކޮށްދެއްވާފައެވެ.

ރައީސް ޔާމިންގެ ފުރިހަމަ ތާއީދު އަބަދުވެސް ޒުުވާނުންނާ އެކީ ވާކަން މިއަދު ސާބިތުވެެއްޖެކަމަށްވެސް މައިޒަރު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަކީ ގައުމު ދެކެ ވަރަށް ލޯބިވާ ބޭފުޅެއް. އެންމެނަށްވެސް އެނގޭ. އެހެންވީމާ ރައީސް ޔާމީނަށް ދުވަހަކުވެސް، ގައުމަށް ގެއްލުންވާނެ ގޮތަކަށް މިސާލަކަށް އަޅުގަނޑުމެން، އަފޫމެން، ދެން ތިބި ވައްޑެމެންކަހަލަ މީހުން މަޖިލީހަށް ހޮވިގެން ސަރުކާރަށް ޖެއްސުންކުރާކަށް ރައީސް ޔާމިނެއް އަޅުގަނޑުމެން ގާތުގައި ނާންގާނެ.

މުހައްމަދު މައިޒަރު އާދަމް

އޭގެއިތުރުންވެސް މައިޒަރު ވަނީ ޒުވާނުން ކުރި އެރުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށްވެސް ފާހަގަކުރައްވާފައެވެ.

ގައުމުގައި ކަންކަން ހައްލުވެގެން ދާނީ 2028 ވަަނަ އަަހަރުގައި ރައީސް ޔާމިން އިންތިޚާބް ކުރައްވައިގެންކަމަށާއި އެމަނިކުފާނު މިނިވަން ކުރެއްވުމަށްވެސް މައިޒަރު ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved