March 19, 2026
Advertisement
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މަޖިލިސް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މަޖިލިސް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފި / ސޯޝަލް މީޑިއާ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މެމްބަރުން ތާއީދުކޮށްދިނުމަށް އެދެފި

Apr 18, 2025, 09:07 PM
މާލެ ސިޓީ

ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ބުރަކަށް އޮންނަ އޮތުން އުވާލުމަށް ޕީއެންސީ ސަރުކާރުން މަސައްކަތްކުރާ ކުރާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހުގެ މެންދުރު މަޖިލިސް މެމްބަރުންނާ އެކު މުލިއާގޭގައި ކެއުމާއެކު ބޭއްވި ބައްދަލުވުމެއްގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށް ގާނޫނު އަސާސީއަށް ބަދަލުކުރުމަށް ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓު މި އަހަރު ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހުރިހާ މެމްބަރުންވެސް އެ ވޯޓުގައި ބައިވެރިވެ ތާއީދުކޮށް ވޯޓުދެއްވުމަށް ރައީސް މުއިއްޒު މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަަށްވެސް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރާ ކަމަށް ރައީސް އިއްޔެ ވިދާޅުވި ކަމަށްވެއެވެ.

ހަމައެހެންމެ ވެރިކަމުގެ ހުވާ ކުރާ ދުވަސް ކުރިންވެސް އޮތް ގޮތަށް ރާއްޖޭގެ ޖުމްހުރީ ދުވަހަށް ބަދަލުކުރުމަށްވެސް ރައީސް މުއިއްޒު ހުށަހަޅުއްވާނެ ކަމަށްވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށްވެސް ރައީސް އެ ދުވަހު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved