
ރައީސް ޑރ މުހައްމަދު މުއިއްޒު ބަލި ކުރައްވާނީ ތާރީހީ ބޮޑު ބައްޔަކުންކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްެޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޕީއެންއެފްގެ ޖަލްސާގެ ސަބަބުން ސަރުކާރުންދަނީ މަރުފަލި ޖަހަމުންކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.
އެގޮތުން އެ ޖަލްސާއަކީ ކޯރެއްގެ ކޯވަރެއްކަމާއި ރައީސް މުއިއްޒުވަނީ ރައްޔިތުންގެ ވޯޓުން ވައްކަންކޮށް މަކަރުން ޖަހައިގަނެފައިކަމަށް މަލީހު ވިދާޅުވިއެވެ.
އަދި އެކަމުގައި ރައްޔިތުން ހިމޭނުން ތިބޭނެކަމަށް ހީފުޅު ކުރެއްވުމަކީ ކުށް ހީއެއް ކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރައީސް މުއިއްޒު ބަލި ކުރައްވާނީ ތާރީހީ ބޮޑު ބައްޔަކުންކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.
ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ.
ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.
މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.










