ކުރީގެ ރައީސް އަބްދުﷲ ޔާމީން / ރާއްޖެއެމްވީ
ސިޔާސީ
ދައުލަތުން ކޮރަޕްޝަނާއި ގުޅިގެން ގެއްލުނު އެއްވެސް ފައިސާއެއް ހޯދުމަށް ރައީސް ޑރ މުއިއްޒު މަސައްކަތް ނުކުރައްވާ: ރައީސް ޔާމީން
Hussain Nawaf
ހުސައިން ނަވާފް
20 އޭޕްރީލު 2025

ދައުލަތުން ކޮރަޕްޝަނާއި ގުޅިގެން ގެއްލުނު އެއްވެސް ފައިސާއެއް ހޯދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަސައްކަތް ނުކުރައްވާކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި އޯޑިއެންސްގައި އިންނަވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެގޮތުން މިއަދު ރައީސް ގެންދަވަނީ ރައްޔިތުންނަށް ފާޅުގައި އޮޅުވާލަމުންކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. އަދި އެއީ ހިޔަޅު ވިސްނުން ނޫން ކަމާއި ކޮރަޕްްޝަން އާއި ހެދި ގެއްލުނު އެއްވެސް ފައިސާއެއް އަނބުރާ ހޯދުމަށް ރައީސް މުއިއްޒު މަސަކަތް ނުކުރާކަމަށްވަނީ ފާހަގަ ކުރައްވާފައެވެ.

ކޮރަޕްޝަނުން ރާއްޖެއިން ގެއްލުނު އެއްވެސް ފައިސާއެއް ނޫޅޭ ރައީސް މުއިއްޒުވެސް ރައީސް ސޯލިހުވެސް ހޯދާކަށް. ނޫމަޑީގެ ކަންތަކުގައިވެސް އެބަ އިނގޭ ދެ މީހުންވެސް އެއްވަރަށް ކުށްވެރިވާ މީހުންކަން. މުއިއްޒުގެ ކައިރި ތިބި ހުރިހާ ވަގުންގެ އެއްވެސް މައްސަަލައެއް ނުބަލާ، ފިޔަވަޅު ނާޅާ ދާ ދިއުމުން ރައްޔިތުންނަށް އާންމު ސިކުނޑިން ވިސްނައިލައިފިނަމަ އިނގޭނެ މުއިއްޒަށް ބައި އެޅޭތީކަން އެކަން ނުކުރަނީ.

- ރައީސް ޔާމީން

ދައުލަތުގެ ތެރެއިން ހިނގާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ނުކުރެވެނީ ރައީސް މުއިއްޒުގެ ނަން އަތު ވެދާނެތީކަމަށް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved