March 11, 2026
Advertisement
ހެންވޭރު ހުޅަނގު ދާއިރާއަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ ނާއިފް ޝައުކަތް
ހެންވޭރު ހުޅަނގު ދާއިރާއަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ ނާއިފް ޝައުކަތް

ހުސެއިން ނޫނީ ނަޒާހަތްތެރިކަން ހުރި ކެންޑިޑޭޓެއް ނެތް: ނާއިފް

Fathmath Reem
ފާތުމަތު ރީމް
Jan 9, 2024, 11:51 PM

މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދް ނޫނީ ނަޒާހަތްތެރި ބޭފުޅަކު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ ނާއިފް ޝައުކަތް ވިދާޅުވެއްޖެއެވެ.

ނާއިފް މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނާއިފް ވިދާޅުވީ ސީޕީ ހުސެއިން ފިޔަވާ މޭޔަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރޭގައި ނަޒާހަތްތެރިކަމާ އަމާނާތްތެރިކަން ހުރި ބޭފުޅެއް ނެތް ކަމަށެވެ.

Advertisement

މިއަދު މޭޔަރު ކަމަށް ކުރި މަތި ލައްވާފަ ހުރި ކެންޑިޑޭޓުންގެ ތެރޭގައި އަޅުގަނޑުމެންގެ ސީޕީ ނޫނީ އިންޓާގްރިޓީ ހުރި ބޭފުޅެއް ނެތޭ

ނާއިފް ޝައުކަތް

ނާއިފް ވިދާޅުވީ ބައި އިލެކްޝަންއަށް ފަހު ބާކި އޮތީ ގާތްކަޑަކަށް 2 އަހަރާ 3 މަސް ކަމަށާއި، މޭޔަރުކަމަށް ޖުމްލަ ގޮތުގައި ލިބޭ މުސާރައިންވެސް ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ އާޒިމާ ޝަކޫރަކަށް ދަރަނި އަދާކޮށް ނުނިމޭނެ ކަމަށެވެ.

މީގެ އިތުރުން ނާއިފް ވަނީ ހުރިހާ ރައްޔިތުންނަށް ސީޕީ ހުސެއިން ވަހީދާއި ދެން ދިބި 3 ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved