ޝޭހުން ނިޝާން އަދި ފަޒްލޫން / ސަން
ހަބަރު
ޝޭހުން ނިޝާން އަދި ފަޒްލޫންގެ މައްޗަށް އުފުލި ދައުވާތައް ރިވިއުކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިއްޖެ
Hussain Nawaf
ހުސައިން ނަވާފް
20 އޭޕްރީލު 2025

ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ހިންގި ހަރަކާތެއްގެ ތެރެއަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝޭހުން އާދަމް ނިޝާން އަދި ފަޒްލޫން ބިން މުހައްމަދުގެ މައްޗަށް އުފުލި ދައުވާތައް ރިވިއުކޮށްދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލް ޕީޖީ އޮފީހުގައި އެދިއްޖެއެވެ.

ޕީޖީ އޮފީހުން ކުރިން ނިންމާފައިވާ ނިންމުމަކާ މެދު ޝަކުވާއެއް ގޮތް ނަމަ، ނިންމުން ރިވިއުކުރުމަށް އެދި ހުށަހަޅަން މިހާރުގެ ޕީޖީ އައްބާސް ޝަރީފް މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ހުޅުވާލިއެވެ. މި މުއްދަތުގެ ތެރޭގައި އެ ބޭފުޅުންނަށް ކުރި ދައުވާގެ މައްސަލަ ވެސް ރިވިއުކޮށްދިނުމަށް ހުށަހަޅާފައިވެއެވެ.

ރިވިއުކޮށްދިނުމަށް ހުށަހެޅި ކަން އެނގުނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ނިޝާނާއި ފަޒްލޫންގެ ދިފާއީ ވަކީލު އަލީ ސައީދު ވިދާޅުވުމުންނެވެ.

އެ ގޮތުން އޭނާ ފާހަގަ ކުރެއްވީ ރިވިއުކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި ލިޔެކިޔުންތަކުގެ ޖަވާބެއް އަދި ނުލިބޭ އެހެންކަމުން ދިފާއުން އެދެނީ ޕީޖީން ގޮތެއް ނިންމަން ދެން ޝަރީއަތް މި ވަގުތަށް މަޑުޖައްސާލުމަށެވެ.

އަދި ޝަރީއަތް މަޑުޖައްސާލުމަށް ދައުލަތުން ވެސް އިއުތިރާޒެއް ނުކުރާކަން ފާހަގަ ކުރެވެއެވެ.

ފަޒްލޫން އަދި ނިޝާން ހައްޔަރުކޮށް ދައުވާ އުފުލީ 21 ޖޫން 2022ގައި ހިންގި ޔޯގާ ހަމަަނުޖެހުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved